ޔޫރޯ 2020 ގެ ގްރޫޕް ސީގައި ނެދާލެންޑްސްއާއި ނޯތު މެސަޑޯނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނައިރު ނެދަލޭންޑްސްއަށް އޮތީ ގަދަ 16 އެއްވަނަ ޓީމުގެ ގޮތުގައި ޔަގީންވެފައި. އަދި މެސަޑޯނިއާއަށް އޮތީ ކަޓާފައި. އެޓީމަށް ގްރޫޕްގެ ތިންވަނަ ލިބޭނެ ގޮތެއް ނެތް. ނެދަލޭންޑްސްގެ ކޯޗު ބުނެފައި ވަނީ މިރޭގެ މެޗަށް ބައެއް ކުޅުންތެރިންނަށް ރެސްޓް ދޭނެ ކަމަށް. އެހެންކަމުން އެޓީމުގެ ފުރަތަމަ 11 އިން ބަދަލުތަކެއް ފާހަގަވޭ. ނޯތު މެސަޑޯނިއާގެ ފުރަތަމަ ބޮޑު މުބާރާތް މޮޅަކުން ނިންމާލަން އެޓީމުން ބޭނުންވާނެ. ހާއްސަކޮށް މިއީ އެޓީމުގެ ލެޖެންޑް، ގޯރަން ޕަންޑޭވް ގައުމީ ޓީމަށް ކުޅޭ ފަހު މެޗު ކަމަށްވެސް ވުން ގާތް. ޕަންޑޭވް ބުނެފައި ވަނީ ޔޫރޯއަށްފަހު ރިޓަޔާ ކުރާނެ ކަމަށް.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި.
- ނެދަލޭންޑްސް
- ނެދަލޭންޑްސް ކުޅުނު ފުރަތަމަ މެޗުގައި 3-2 އިން ޔޫކްރެއިން ބަލިކުރި
- ނެދަލޭންޑްސްގެ ގޯލްތައް ޖަހައިދިނީ ވައިނާލްޑަމް، ވެގޯސްޓްއާއި ޑަމްފްރީސް
- ދެވަނަ މެޗުގައި އޮސްޓްރިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުން
- ޑިޕާއީއާއި ޑަމްފްރީސް އެ މެޗުގައި ގޯލްތައް ޖެހިއިރު، ނެދަލޭންޑްސް އަކީ ފެވަރިޓެއް
- ނޯތު މެސަޑޯނިއާ
- މިއީ ނޯތު މެސަޑޯނިއާގެ ފުރަތަމަ ބޮޑު މުބާރާތް
- ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ބަލިވީ 3-1 އަކުން
- އެ މެޗުގައި މެސަޑޯނިއާގެ ހަމައެކަނި ގޯލް ޖަހައިދިނީ ޕަންޑޭވް
- ޔޫކްރެއިން އަތުން ނޯތު މެސަޑޯނިއާ ބަލިވީ 2-1 އިން
- މެޗުގައި ލިބުނު ޕެނެލްޓީގެ އެހީގައި ގޯލް ޖަހައިިދިނީ އަލިއޯސްކީ
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020