ޔޫރޯ 2020 ގެ ގްރޫޕް ސީގައި ޔޫކްރެއިންއާއި އޮސްޓްރިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނައިރު ޔޫކްރެއިންއަށް އޮތީ މެޗުން ޕޮއިންޓެއް ހޯދުން. ޕޮއިންޓަކާއެކު ޔޫކްރެއިންއަށް ގަދަ 16 ޔަގީން ކުރެވޭނެ. އަނެއްކޮޅުން އޮސްޓްރިއާއަށް އޮތީ މޮޅުވުން. ތިން ޕޮއިންޓް ނުލިބިއްޖެނަމަ އެޓީމަށް ގަދަ ދެ ޓީމުގައި ހިމެނި ގަދަ 16 އަށް ދާން އުނދަގޫވާނެ. މި ގްރޫޕްގައި ނެދަލޭންޑްސްއާއި ނޯތު މެސަޑޯނިއާ ކުޅޭ މެޗުވެސް މިގަނޑީގައި ކުރިއަށްދާނެ.
ޔޫކްރެއިންއާއި އޮސްޓްރިއާ މިރޭގެ މެޗަށް ނުކުންނާނީ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާ ބުޗަރެސްޓްގައި.
- ޔޫކްރެއިން
- ގްރޫޕް ސްޓޭޑިއަމްގެ ފުރަތަމަ މެޗުން ޔޫކްރެއިން ނެދަލޭންޑްސް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުން
- ނެދަލޭންޑްސްގެ ހޯމް، ޔޯހަން ކްރައިފް އެރީނާގައި ކުޅުނު އެ މެޗުގައި ޔޫކްރެއިންގެ ގޯލްތައް ޖަހައިދިނީ ޔާމަލެންކޯއައި ޔަރެމްޗުކް
- ޔޫކްރެއިންއިން ދެވަނަ މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 2-1 އިން
- އެ މެޗުގައިވެސް ގޯލްތައް ޖަހައިދިނީ ޔާމަލެންކޯއާއި ޔަރެމްޗުކް
- ކޯޗު ޝެވްޗެންކޯގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވަރުގަދަ ދެ ފޯވަޑުން
- އޮސްޓްރިއާ
- އޮސްޓްރިއާއިން ފުރަތަމަ ކުޅުނު މެޗުގައި ނޯތު މެސަޑޯނިއާ ބަލިކުރީ 3-1 ގެ ނަތީޖާއަކުން
- މެޗުގައި ގޯލްތައް ޖެހީ ލައިނާ، ގްރެގޮރިޗްއާއި އަރުނޯޓިވިޗް
- ދެވަނަ މެޗުގައި ނެދަލޭންޑްސް އަތުން 2-0 ބަލިވި
- އޮސްޓްރިއާގެ އެންމެ ބޮޑު އުންމީދަކީ ކެޕްޓަން އަލާބާގެ މޮޅު ކުޅުން
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020