ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓާ އެމްޓީސީސީން ބުނެފި އެވެ.
އެ މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ މިލަދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އާ ހާބަރުގެ ބޭސިން ފުންކުރުމުގެ 91 ޕަސެންޓާއި ބޭރު ތޮށި ލުމުގެ މަސައްކަތުގެ 75 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ. އަދި 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 42.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު