ޔޫރޯ 2020 ގެ ގްރޫޕް އީގައި ސްޕެއިންއާއި ސްވިޑެން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މި މެޗަށް ނުކުންނައިރު ސްޕެއިންއިން އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ އެއްވަރުވެފައި. އެ މެޗުގައި ސްޕެއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައި. ހާއްސަކޮށް ފޯވަޑް ލައިނުން ބޭކާރުކޮށްލި ގިނަ ހަމަލާތަކެއް ވަނީ ފާހަގަވެފައި. ޕޮލެންޑް އޮތީ ފުރަތަމަ ކުޅުނު މެޗުގައި ޗެކު ރިޕަބްލިކް އަތުން ބަލިވެފައި. އެ މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުން. މެޗުގައި ގްރެޒެގޯޒް ކްރީޗޯވިއޭކްއަށް ރަތް ކާޑު ދެއްކި. މިރޭގެ މެޗަށް އޭނާ ހުރީ ސަސްޕެންޝަނުގައި.
މެޗަށް ސްޕެއިން ނުކުންނާނީ އަމިއްލަ ދަނޑުގައި. އެއީ ސެވިއްޔާގެ ލަ ކަރުޓޫޖާ.
- ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ
- މިހާތަނަށް ކުޅުނު 32 މެޗުން 16 ގޯލު ޖެހި
- ޔޫރޯގައި އެންމެފަހުން ސްޕެއިން ޖެހި ހަތަރު ގޯލުން ތިން ގޯލު ޖެހީ މޮރާޓާ
- ފުރަތަމަ މެޗުގައި ހުސް ފުރުސަތުތަކެއް ބޭކާރު ކޮށްލި
- ރޮބާޓް ލެވަންޑޯސްކީ
- ގައުމީ ޓީމުގެ ކެޕްޓަން އަދި ރެކޯޑު ގޯލި ޖެހުންތެރިޔާ
- ގައުމީ ޓީމަށް 120 މެޗު 66 ގޯލު ޖެހި
- ފުރަތަމަ މެޗުގައި މާ ބޮޑު ނުރައްކަލަކަށް ނުވި
- މިދިޔަ ސީޒަންގައި ބަޔާނަށް ގިނަ ގޯލުތަކެއް ޖަހައިދިން
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020