ޔޫރޯ 2020 ގެ ގްރޫޕް ޑީގައި އިންގްލެންޑާއި ސްކޮޓްލޭންޑް ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންގްލެންޑާއި ސްކޮޓްލޭންޑުގެ ވާދަވެރިކަމަކީ ފުޓުބޯޅައިގައި އެންމެ ޒަމާންވީ ވާދަވެރިކަން. ސްކޮޓްލޭންޑާއި އިންގްލެންޑް، 1872 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކީ ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ ގައުމަކުން ކުޅުނު ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗު.
ދެޓީމުގެ ކުރިމަތިލުންތަކުގެ ތަފާސްހިސާބަށް ބަލައިލާ އިރު، އިންގްލެންޑުން ވަނީ 48 މެޗެއްގައި ސްކޮޓްލޭންޑް ކައިރިން މޮޅުވެފައި. ސްކޮޓްލޭންޑް ވަނީ 42 މެޗުން މޮޅުވެފައި. 25 މެޗެއް ނިމުނީ އެއްވަރު ވެގެން. އިންގްލެންޑުން ޖުމުލަ 205 ގޯލު ސްކޮޓްލޭންޑް ކޮޅަށް ޖަހާފައިވާ އިރު، ސްކޮޓްލޭންޑުން ވަނީ އިންގްލެންޑް ކޮޅަށް 177 ގޯލު ޖަހައިފައި. އެންމެފަހުން ސްކޮޓްލޭންޑާއި އިންގްލެންޑް ކުރިމަތިލީ 2017 ވަނަ އަހަރު ޔޫރޯ ކޮލިފިކޭޝަންގައި. އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެން.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްގައި.
- ނަޒަރު ހިންގާލުން މުހިއްމު ކުޅުންތެރިން
- ހެރީ ކޭން - އިންގްލެންޑް
- މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 53 މެޗުން 34 ގޯލު ޖަހައިދީފައި
- ކޭން ގައުމީ ޓީމަށް އެރީ އުމުރުން އެންމެ 22 އަހަރުގައި
- 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓް ހޯދީ ކޭން
- ކޭންއަކީ ޕްރިމިއާ ލީގުގައިވެސް އެންމެ ފާހަގަކޮށްލެވޭ ފޯވަޑް
- އެންޑީ ރޮބާޓްސަން - ސްކޮޓްލޭންޑް
- ރޮބާޓްސަން ވަނީ ގައުމީ ޓީމަށް 44 މެޗު ކުޅެފައި
- ލިވަޕޫލާއެކު ލީގު ހޯދައި، ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި
- ސްކޮޓްލޭންޑްގެ ކެޕްޓަން
- ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020