ޔޫރޯ 2020ގެ ގްރޫޕް ބީގައި ބެލްޖިއަމްއާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަކީ ޑެންމާކު އަދި ބެލްޖިއަމްވެސް ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗު. ބެލްޖިއަމްގެ ފުރަތަމަ މެޗުގައި 3-0 އިން ރަޝިއާ ބަލިކޮށްފައި އޮތް އިރު، ޑެންމާކުން ކުޅުނު ފުރަތަމަ މެޗަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މެޗު. ފިންލޭންޑާ ދެކޮޅަށް ޑެންމާކުން އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށް. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. ފުރަތަމަ މެޗު އުނދަގޫ ހާލަތެއްގައި ކުޅެ ޑެންމާކު ބަލިވީ 1-0 އިން. މިރޭގެ މެޗުން މޮޅެއް އެޓީމަށް މަޖުބޫރު.
މެޗަށް ދެޓީމު ނުކުންނާނީ ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި.
- ބެލްޖިއަމްގެ ފޯވަޑް - ރޮމެލޫ ލުކާކޫ
- މުބާރާތުގެ ފުރަތަމަ މެޗުގައި ރަޝިއާ ކޮޅަށް ދެ ގޯލު ޖެހި
- ޔޫރޯ މުބާރާތްތަކުގައި ލުކާކޫ ވަނީ ހަތަރު ގޯލު ޖަހާފައި، އެއީ ބެލްޖިއަމްގެ ރެކޯޑު
- ގައުމީ ޓީމަށް ކުޅުނު 94 މެޗުން އޭނާ ވަނީ 62 ގޯލު ޖަހާފައި
- ގައުމީ ޓީމަށް އެންމެފަހުން ކުޅުނު 15 މެޗުގައި އޭނާ ވަނީ 20 ގޯލު ޖަހައިދީފައި
- ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް
- ލެޖެންޑަރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލްގެ ދަރިފުޅު
- ލެސްޓާ ސިޓީއަށް 377 މެޗު ކުޅެދީ، އެޓީމާއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވޭ
- ޑެންމާކަށް 66 މެޗު ކުޅެދީފައިވޭ
- 2018 އަހަރުގެ ވޯލްޑް ކަޕްގައި ވަނީ މޮޅު ކުޅުމެއް ދައްކާފައި
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020