ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް އެލް ބުލޮކްތައް އެރަށަށް ގެންގޮސްފިއެވެ.
ހިންނަވަރު ބަނދަރު މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް އެލް ބުލޮކްތައް މިހާރު ކ. ތިލަފުށިން ހިންނަވަރަށް ލޯޑު ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ.
އޭގެ އިތުރުން، 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު