މާލޭ ފަޅު ތެރޭގައި އޮތް ހަ ލޯންޗެއްގައި ރޯވެ ބޭނުން ނެކުރެވޭ ވަރަށް އަނދައިފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ މާލޭ ދެކުނު ފަރާތު މޭރީ ބްރައުން ހުންނަ ސަރަހައްދުގެ ފަޅު ތެރޭގަ އެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 06:13 ހައިއިރު އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި އެކަކަށް ވަނީ އަނިޔާ ވެފަ އެވެ. އެމީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާގައި ފިހިފައި ވަނީ ބިދޭސީ އެކެވެ. ފުލުހުންނަށް މި ހާދިސާގެ މައުލާމު ލިބިފައި ވަނީ ހެނދުނު 06:10 ގައި ކަމަށާއި މިކަން ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ