ޔޫރޯ 2020 'ދިރާގު އަމިއްލަ ޕޯސްޕެއިޑް' ކަސްޓަމަރުންނަށް 'އަމިއްލަ ޓީވީ' އެޑްއޮން އެކްޓިވޭޓް ކޮށްލައިގެން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
މި އަހަރު ކުރީކޮޅު ތައާރަފުކުރި މި އާ ޕްލޭނަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭނެކެވެ.
ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ އެވެ. އަދި މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެއެވެ.
ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ހާއްކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފަ އެވެ.
ދިރާގުގެ އެކިއެކި ހިދުމަތްތަކަށް ގެންނަމުން އަންނަ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ޕްރޮމޮޝަނަލް އޮފާ އާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް:
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު