ކ. ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފްގެ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އާދަމް އާޒިމެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސާވިސް ކޯ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގެވެ.
މި މަސައްކަތުގެ ދަށުން 314 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 145 ދުވަސްތެރޭގައެވެ. މި މަޝްރޫއަކީ 18.35 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު