މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރަމުންދިޔަ 15 މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑު އޮންނަ އަދި ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއްނެތި މިސްކިތްތަކަށް ވަދެ މަސްތުގެ ހާލަތުގައި ތިބޭކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހު ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަށް މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހު ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރުމުން މަސްތުވަތަކެތި ބޭނުން ކުރާ މީހުން މިސްކިތްތަކަށް ވަދެ މަސްތުވާތަކެތި ހަތިމް ތަކުގެ ތެރެއަށްލާ ފޮރުވައި އެތަކެތި ބޭނުންކުރާ މައްސަލަ ވަނީ ބޮޑު ވެފަ އެވެ. އަދި މިސްކިތްތަކުގައި މަސްތުގެ ހާލަތުގައި ތިބެ ނިދާކަންވެސް ވަނި ފާހަގަ ވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު