ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި މަކަރާއި ހީލަތުން އޮޅުވަލައިގެން 60,000 އަށްވުރެ ގިނަ ރުފިޔާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ މިމަހުގެ 9 ވަނަ ދުވަހު ކަމަށެވެ.
ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރި މީހާއަކީ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
ބީއެމްއެލް އިން އަންނަނީ އާންމުންގެ ޒާތީ މައުލޫމާތާއި ކާޑުގެ މައުލޫމާތު ހޯދުމަށް ބޭންކުން ނުގުޅާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ބޭންކްގެ ނަމުގައި ގުޅައި އޮޅުވާލައިގެން ފައިސާ ހޯދުމަކީ ރާއްޖޭގައި އާންމުވެފައިވާ މައްސަލައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު