ށ. ބިލެތްފަހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

ބިލެއްފަހީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ބިލެއްފަހީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ފަށާފއި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގަ އެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،150 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ބިލެތްފަހި ބަނދަރުގެ މަޝްރޫއުގެ އިތުރުން އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.