ކޮވިޑު ޖެހިގެން މިއަދު އިތުރު މީހަކު މަރުވެ، މި ބަލީގައި މިހާނަތަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު 196 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 63 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ކޮވިޑުގައި މިއަދު މަރުވި ހަތަރު ވަނަ މީހާއެވެ. މިއަދު އެންމެ ފުރަތަމަ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 84 އަހަރުގެ ދިވެހި އަންހެނެކެވެ. ދެވަނަ އަށް މަރުވީ ލ. ކޮވިޑު ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 92 އަހަރުގެ ފިރިހެނެކެވެ.
އަދި ތިން ވަނައަށް މަރުވީ އުމުރުން 25 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މެންދުރު 12:43 ގަ އެވެ.
މި ތިން މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 196 އަށް އަރައިފައެވެ. އެއީ 181 ދިވެހިންނާއި 15 ބިދޭސީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު