ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 193 އަކަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ އުމުރުން 84 އަހަރުގެ އަންހެނެކެވެ. މިއީ މިއަދު މި ބަލީގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާ އެވެ.

ރާއްޖެ މި ބަލީގައި މިހާތަނަށް މަރުވި 193 މީހުންގެ ތެރެއިން 179 މީހުންނަކީ ދިވެހީންނެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވި އެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.