ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރައީސް މައުމޫންގެ އާއިލާގެ ގާތް ބޭފުޅަކު މިރޭ "ވަން" އަށް ވިދާޅުވީ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެގެން، މެޑަމް ނަސްރީނާ އިއްޔެގެ ވަގުތެއްގައި ކޮވިޑް ޓެސްޓު ހަދާފައިވާ ކަމަށެވެ. އަދި އެކަމަނާ ޕޮޒިޓިވްވެފައިވާ ކަމަށާއި ނަތީޖާ ލިބިފައިވަނީ މިރޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މެޑަމްގެ ހާލު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގޭގައި ކަމަށެވެ.
މެޑަމް ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ރައީސް މައުމޫންވެސް ވަނީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އެމަނިކުފާނު ވަނީ ތިން ހަފުތާ ވަންދެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު