ޔޫރޯ 2020 ގެ މެޗުތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުޓުބޯޅައަށް ލޯބިކުރާ މީހުން ޔޫރޯއަށް ތައްޔާރުވަމުން އަންނަ އިރު މުބާރާތުގެ ހުރިހާ މެޗެއް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަމަށެވެ. އެގޮތުން ސޮނީ ޓެން 2 އެޗްޑީ އަދި ލޯކަލް ބްރޯޑްކާސްޓާ ރާއްޖެޓީވީ އިން މެޗުތައް ފެންނާނެ ކަމަށެވެ.

ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗުތަކުގެ އިތުރުން މުނިފޫހިފުލުވުމުގެ ގިނަ ޗެނަލްތައް ބަލައިލެވޭނެއެވެ. އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް، ޖީއެސްޓީއަކާ ނުލައި މަހަކު އެންމެ 65 ރުފިޔާ ދެއްކުމުން ޔޫރޯ2020 ގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ޗެނަލްތައް ފޯނު ފަދަ ޑިވައިސްތަކުން ބަލައިލެވޭނެއެވެ. އަދި ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލައިލެވޭނެއެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުން ގޭގައި ތިބުމަށް އެހީވުމުގެ ގޮތުން ހާއްސަ އޮފާތަކެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން 50 ޕަސެންޓް އިތުރު ޑޭޓާ މިމަހުގެ ނިޔަލަށް ލިބޭނެއެވެ. އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އަމިއްލަ ޓީވީ" އެޑްއޮން އެކްޓިވޭޓްކޮށްގެންނާއި ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްގެން ވެސް ޔޫރޯގެ މެޗުތައް ބަލައިލެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހިފިލުވުމުގެ ކޮންޓެންޓާއި އޮފާތައް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ކަމަށެވެ.