• އާބާދީ: 83.02 މިލިއަން
  • ވެރިރަށް: ބާލިން
  • ޓީމުގެ ވަނަން: ޑައި މަންޝަފްޓް (ދަ ޓީމް)
  • ކެޕްޓަން: މެނުއަލް ނޯޔާ
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ލޯދާ މެތިއުސް (150 މެޗު)
  • ޓޮޕް ސްކޯރާ: މިރްސްލާވް ކްލޯސާ (71 ގޯލް)

ވަނަ އަހަރު ޖަރުމަނުގެ ގައުމީ ރަސްމީ ފުޓުބޯޅަ ފެޑަރޭޝަން އެކުލަވައިލީ 86 ކްލަބާއެކުގައެވެ. 1908 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން މެޗުތައް ކުޅެފައިވެއެވެ. 1912 ވަނަ އަހަރު އޮލިމްޕިކްސްގައިވެސް އެގައުމުން ވަނީ ކުޅެފައެވެ. އެހިސާބުން ފުޓުބޯޅައިގެ ތެރެއަށް ޖަރުމަނުން ވަދެ ފުރަތަމަ ފަހަރަށް 1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފައިވެއެވެ. ޖަރުމަނުން ޖުމުލަ 19 ފަހަރު ވޯލްޑް ކަޕް ކުޅެފައިވެއެވެ. ޔޫރޯގައި އެގައުމުން ކުޅުނީ 13 ފަހަރުއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅައިން ޖަރުމަނު ސަސްޕެންޑް ކޮށް، އެގައުމަށް ވޯލްޑް ކަޕްވެސް ގެއްލިގެން ދިޔައެވެ.1950 ގެ ފަހު ކޮޅުގައި ޖަރުމަނު ބައިބައިވެގެން ދިޔައީ ތިން ގައުމަކަށެވެ. ފީފާއިން ފުޓުބޯޅައިގެ ހުއްދަ އެ ތިން ގައުމަށްވެސް ވަކިވަކިން ދިނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގެ ޓީމު ތެރެއަށް ސިޔާސީ ނުފޫޒުތައްވެސް ވަރަށް ބޮޑަށް ވަދެފައިވެއެވެ.

ޖަރުމަނުގެ ފުރަތަމަ ވޯލްޑް ކަޕް ހޯދީ ވެސްޓް ޖާމަނީގެ ނަމުގައެވެ. 1954 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވުމުގައި ޖަރުމަނަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، އެތައް ބަޔަކު ހައިރާން ކޮށްލައި އެއަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެޓީމުން ހޯދިއެވެ. 10 އަހަރު ފަހުން 1974 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ވޯލްޑް ކަޕް މުބާރާތްވެސް ވެސްޓް ޖަރުމަނުން ކާމިޔާބު ކުރިއެވެ. ޖަރުމަނުން ތިންވަނަ ވޯލްޑް ކަޕް ހޯދީ 1990 ވަނަ އަހަރުއެވެ.

ޖަރުމަނަށް ހަތަރުވަނަ ތަށި ހޯދައިދިނީ ކޯޗު ޔޮކިމް ލޯއާއެކު ނުކުތް ޒުވާން އިންގިލާބީ ޓީމުންނެވެ. އެގައުމުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރީ ތާރީހީ ނަތީޖާތަކެއް މުބާރާތުގައި ނެރެފައެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިގެން ދިޔުން ވީ ބޮޑު ހައިރާން ކަމަކަށެވެ.

ޖަރުމަނާއި ސްޕެއިންއަކީ ޔޫރޯގައި އެންމެ ކާމިޔާބު ދެ ގައުމެވެ. އެ ދެޓީމުންވެސް ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައިވެއެވެ. ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެންނެވެ. ފްރާންޒް ބެކައުންބާއޫގެ ކެޕްޓަން ކަމުގެ ދަށުގައި ޖަރުމަނުން އެ މުބާރާތް ކާމިޔާބުކުރިއިރު، އޭނާއަކީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

ދުނިޔޭ ފުޓުބޯޅައިގެ ގަދަ ބާރު ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލްވެސް ކުޅުނެވެ. އަދި 1980 ވަނަ އަހަރު އަނެއްކާވެސް ޔޫރޯގެ ތަށި ހޯދިއެވެ. އަބަދުވެސް އެއް ފަންތިއެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަރުމަނު ފުޓުބޯޅަ ދަމަހައްޓާފައިވާކަން ފާހަގަވަނީ އެފަދަ ރެކޯޑުތަކުންނެވެ. އެގައުމުގެ ފުޓުބޯޅަ ސިސްޓަމަކީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ކާމިޔާބު ފުޓުބޯޅަ ސިސްޓަމެވެ. 1988 ވަނަ އަހަރު ޔޫރޯގެ ސެމީން ޖަރުމަނު ކަޓާފައިވީ ނަމަވެސް، 1996ވަނަ އަހަރު އަނެއްކާވެސް އެޓީމުން ޔޫރޯ ކާމިޔާބު ކުރިއެވެ.

ކޯޗު ލޯއާއެކު 2012 ވަނަ އަހަރާއި 2016 ވަނަ އަހަރު ޔޫރޯ ސެމީ ފައިނަލް ޖަރުމަނުން ކުޅުނު ނަމަވެސް އެޓީމުން އަލުން ތަށި ހޯދުމާ އެންމެ ގާތަށް ޖެހިލީ 2008 ވަނަ އަހަރުއެވެ. ވަރުގަދަ ސްޕެއިނާ ދެކޮޅަށް ކުޅުނު ވާދަވެރި ފައިނަލް މެޗުން ހިތްދަތި ގޮތަކަށް ބަލިވީ 1-0 އިންނެވެ.

ތާރީހުގައި ފެނުނު ޖަރުމަނުގެ ކޮންމެ ސްކޮޑަކީވެސް ހުނަވެރި އެތައް ކުޅުންތެރީންނެއް އެކުލެވޭ ޓީމުތަކެވެ. މިފަހަރުގެ ޔޫރޯއަށް ނުކުންނާނެ ޖަރުމަނުގެ ޓީމަކީވެސް އެފަދަ ތަރިންގެ ޓީމެކެވެ. މެނުއަލް ނޯޔާ ގޯލުން ފެންނައިރު، ޖޯޝުއާ ކިމިކާއި ލިއޮން ގޮރެޓްސްކާ އަދި ޓޯނީ ކްރޫސްގެ ތަޖުރިބާ މެދުތެރެއިން ފެންނާނެއެވެ. މެންޗެސްޓާ ސިޓީއަށް ކާމިޔާބު ސީޒަނެއް ކުޅެދިން އިލްކޭ ގުންޑޮގަންވެސް ޖަރުމަނު ޓީމުގައި މުހިއްމު ރޯލެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. ފޯވަޑްލައިންގައި ޒުވާން ހުނަރިވެރި ޓީމޯ ވާނާގެ އިތުރުން ޗެލްސީއަށް އޭނާއާއެކު ކުޅެމުން އަންނަ ކައި ހަވާޓްސް އާއެކު ދެން ފެންނާނީ ސާޖް ނަބެރީއާއި ލެރޮއި ސާނޭ ފަދަ ދުވެލި ބާރު ކުޅުންތެރިންނެވެ.

މިއަހަރުގެ ޔޫރޯގައި ޖަރުމަނު ކުޅޭނީ މަރުގެ ގްރޫޕް، ގްރޫޕް އެފް ގައެވެ. އެ ގްރޫޕްގައި އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން ޕޯޗުގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ އިތުރުން ދެން ހިމެނެނީ ހަންގޭރީއެވެ.

ޔޮކިމް ލޯ

އުމުރު: 61 އަހަރު

ޔޮކިމް ލޯ ގައުމީ ޓީމާ ހަވާލުވީ 2006 ވަނަ އަހަރުއެވެ. ލޯ ވަނީ 2014 ވަނަ އަހަރު ވޯލްޑް ކަޕް ޖަރުމަނާއެކު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ޔޫރޯ މުބާރާތުގެ ރަނަރަޕް ކަންވެސް 2008 ވަނަ އަހަރު ލޯ އާއެކު ޖަރުމަނުން ހޯދިއެވެ . ލޯ ވަނީ މި ޔޫރޯއަށްފަހު ޓީމު ދޫކޮށްލާނެ ކަމަށްވެސް ބުނެފައެވެ.

މެނުއަލް ނޯޔާ

އުމުރު:35 އަހަރު

ކްލަބު: ބަޔާން މިއުނިކް

އުމުރުން 35 އަހަރުގެ ޖަރުމަނު ކެޕްޓަން، ގޯލްކީޕަރު މެނުއަލް ނޯޔާއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ހާއްސަކޮށް 2000 ގެ އަހަރުތަކުގައި ޖަރުމަނު ފުޓުބޯޅައިގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ މެނުއަލް ނޯޔާއެވެ. ބަޔާން މިއުނިކާއެކު ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ ނޯޔާ ވަނީ މިހައިތަނަށް ގައުމީ ޓީމަށް 98 މެޗު ކުޅެފައެވެ. ބެލޮންޑިއޯ އެވޯޑުގެ ތިންވަނަ މަގާމުވެސް ހޯދައިފައިވާ ނޯޔާއަކީ ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ފަސް ފަހަރަށް ހޯދާފައިވާ ގޯލްކީޕަރެކެވެ. 2014 ވަނަ އަހަރު ޖަރުމަނު ދުނިޔޭގެ ޗެމްޕިއަންކަން ހޯދިއިރު، ނޯޔާ ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް ހޯދައިފައެވެ. ކާމިޔާބު ކެރިއަރުގައި ޔޫރޯއެއް ހޯދުމަށް އޮތް ފުރުސަތުގެ ބޭނުން ހިފަން ކުރިއަށް އޮތް ޔޫރޯ 2020 މުބާރާތަށް ނޯޔާ ތައްޔާރަށް ހުންނާނެކަން ޔަގީނެވެ.

  • ޖޫން 16 / 00:00 ފްރާންސް – ޖަރުމަން
  • ޖޫން 19 / 21:00 ޕޯޗުގަލް – ޖަރުމަން
  • ޖޫން 24 / 00:00 ޖަރުމަން – ހަންގޭރީ
  • ގޯލްކީޕަރުން

މެނުއަލް ނޯޔާ (ބަޔާން މިއުނިކް)

ބާންޑް ލެނޯ (އާސެނަލް)

ކެވިން ޓްރެޕް (އެއިންޓްރެޗް ފްރެންކްފާޓް)

  • ޑިފެންޑަރުން

އެންޓޯނިއޯ ރުޑިގާ (ޗެލްސީ)

މާސެލް ހަލްސްޓެންބާގް (އާރްބީ ލައިޕްޒިގް)

މެތިއަސް ގިންޓާ (ބޮރޫޝޮއާ މޮންޗެންގްލަޑްބެޗް)

މެޓްސް ހުމުލްސް (ބޮރޫޝިއާ ޑޯޓްމަންޑް)

ނިކްލަސް ސޫލޭ (ބަޔާން މިއުނިކް)

ލޫކަސް ކްލޮސްޓާމަން (އާރްބީ ލައިޕްޒިގް)

ރޮބިން ގޮސެންސް (އެޓެލާންޓާ)

ރޮބިން ކޮޗް (ލީޑްސް ޔުނައިޓެޑް)

ކްރިސްޓިއަން ގުންތާ (އެސްސީ ފްރެއިބާގް)

  • މިޑްފީލްޑަރުން

ޖޯޝުއާ ކިމިކް (ބަޔާން މިއުނިކް)

ކައި ހަވާޓްޒް (ޗެލްސީ)

ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)

ޖޮނަސް ހޮފްމަން (ބަޔާން މިއުނިކް)

ޖަމާލް މުސިއާލާ (ބަޔާން މިއުނިކް)

ފޮލޮރިއަން ނިއުހައުސް (ބޮރޫޝޮއާ މޮންޗެންގްލަޑްބެޗް)

ލިއޮން ގޮރެޓްޒްކާ (ބަޔާން މިއުނިކް)

ލޮރޯއީ ސާނޭ (ބަޔާން މިއުނިކް)

އިލްކާއީ ގުންޑޮގަން (މެންޗެސްޓާ ސިޓީ)

އެމްރޭ ޗޭން (ބޮރޫޝިއޯ ޑޯޓްމަންޓް)

ތޯމަސް މުލާ (ބަޔާން މިއުނިކް)

  • ފޯވަޑުން

ކެވިން ވޮލަންޑް (މޮނާކޯ)

ސާގު ނަބެރީ (ބަޔާން މިއުނިކް)

ޓިމޯ ވާނާ (ޗެލްސީ)