ކޮވިޑު ޖެހިގެން ރާއްޖެ އިން އިތުރު މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 192 އަށް އަރައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު ވަނީ މަރުވެފައެވެ.

މި މަރާއެކު ކޮވިޑުގައި ރާއްޖެ އިން މަރުވި 192 މީހުންގެ ތެރެއިން 178 މީހުންނަކީ ދިވެހީންނެވެ. ދެން ހިމެނެނީ 15 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.