- އާބާދީ: 146 މިލިއަން
- ވެރިރަށް: މޮސްކޯ
- ޓީމުގެ ވަނަން: އަވާ ގައިޒް / ދަ ނެޝަނަލް ޓީމް
- ކެޕްޓަން: އާޓަމް ޖޫބާ
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ސާގޭ އިގްނަޝެވިޗް (127 މެޗު)
- ޓޮޕް ސްކޯރާ: އެލެކްސެންޑާ ކާޒަކޯވް (30 ގޯލް)
ރަޝިއާއަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ލިބިފައި ނުވި ނަމަވެސް، އެޓީމަކީ އާ ޓީމެއް ނޫނެވެ. ސޮވިއެޓް ޔޫނިއަންގެ ނަމުގައި އެޓީމުން ވާދަކުރި އިރު، ވޯލްޑް ކަޕާއި ޔޫރޯގައި ރަނގަޅު ކާމިޔާބުތަކެއް ހޯދައިފައިވެއެވެ. އެގޮތުން ސޮވިއެޓް ޔޫނިއަންގެ ނަމުގައި ޔޫރޯ 1960ގެ ޗެމްޕިއަންކަމާއި ވޯލްޑް ކަޕް 1966ގެ ޗެމްޕިއަންކަން ހޯދިއެވެ.
އޭގެ ފަހުން ރަޝިއާއަށް އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ފަހުގެ ތާރީހެއްގައި ރަޝިއާ އިން އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ ޔޫރޯ 2008 އަދި އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް 2018 ގައެވެ. ރަޝިއާ އިން ޔޫރޯ 2008ގެ ސެމީއަށް ދަތުރުކުރި އިރު، ވޯލްޑް ކަޕް 2018ގެ ކުއާޓާއަށް ދަތުރުކުރިއެވެ.
މިފަހަރުގެ ޔޫރޯއަށް ރަޝިއާ ކޮލިފައިވީ "ގްރޫޕު އައި"ގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އެ ގްރޫޕުގެ އެއްވަނަ ހޯދީ ވަރުގަދަ ބެލްޖިއަމްއެވެ.
ސްޓެނިސްލާވް ޗަރްޗޭސޮފް
އުމުރު: 57 އަހަރު
ޗަރްޗޭސޮފް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1982 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ކްލަބުތަކަށް ކުޅެފައެވެ. އޭނާ ވަނީ ރަޝިއާގެ ސްޕާޓަކް މޮސްކޯގެ ގޯލުން ވެސް ފެނިފައެވެ. އެކްލަބާއެކު ހަތަރު ފަހަރު ރަޝިއާ ލީގު ހޯދުމަށްފަހު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ރިޓަޔާ ކުރީ 2002 ވަނަ އަހަރުއެވެ. އޭނާ ވަނީ 39 މެޗެއްގައި ރަޝިއާ ގައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓައިފައެވެ.
ރަޝިއާގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ޗަރްޗޭސޮފް ވަނީ ކްލަބުތަކަކަށް އިރުޝާދު ދީފައެވެ. އެގޮތުން ރަޝިއާގެ ސްޕާޓަކް މޮސްކޯ އާއި ޕޮލެންޑްގެ ލެގިއާ ވާސޯ ފާހަގަކޮށްލެވެއެވެ. ގައުމީ ޓީމާ ޗަރްޗޭސޮފް ހަވާލުވީ 2016 ވަނަ އަހަރުއެވެ. 1970 ވަނަ އަހަރަށް ފަހު ރަޝިއާއަށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިދިން ކޯޗަކީ ޗަރްޗޭސޮފްއެވެ.
ޑެނިސް ޗެރިޝޭފް
އުމުރު: 30 އަހަރު
ކްލަބު: ވެލެންސިއާ
ރަޝިއާގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އެޓީމުގެ މިޑްފީލްޑަރު ޗެރިޝޭފްއެވެ. އޭނާއަކީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ އެކަޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ. އޭނާ މުޅީން ފެނިފައިވަނީ ވެސް ސްޕެއިންގެ ކްލަބުތަކުންނެވެ. އެގޮތުން ވެލެންސިއާގެ އިތުރުން ޗެރިޝޭފް ވަނީ ރެއާލް މެޑްރިޑާއި ވިޔަރެއާލް އަދި ސެވިއްޔާއަށް ވެސް ކުޅެފައެވެ. ޗެރިޝޭފް ވަނީ 2012 އިން ފެށިގެން ރަޝިއާއަށް މިހާތަނަށް 30 މެޗު ކުޅެ، 12 ގޯލު ޖަހައިދީފައެވެ. ވޯލްޑް ކަޕް 2018ގެ ކުއާޓާ ފައިނަލަށް ރަޝިއާ ގެންގޮސްދިނުމުގައި ވެސް ޗެރިޝޭފްގެ ދައުރު ފާހަގަކޮށްލެވެއެވެ. އެ މުބާރާތުގައި އޭނާ ހަތަރު ގޯލު ކާމިޔާބުކުރިއެވެ.
- 13 ޖޫން/ 00:00 ބެލްޖިއަމް – ރަޝިއާ
- 16 ޖޫން/ 18:00 ފިންލެންޑް – ރަޝިއާ
- 22 ޖޫން/ 00:00 ރަޝިއާ – ޑެންމާކް
- ގޯލްކީޕަރުން
އެންޓޮން ޝުނިން (ޑައިނަމޯ މޮސްކޯ)
ޔޫރީ ޖުޕިން (ރުބިން ކަޒާން)
މަޓްވޭ ސަފޮނޯވް (ކްރަސްނޮޑާ)
- ޑިފެންޑަރުން
މާރިއޯ ފެނާންޑޭޒް (ސީއެސްކޭއޭ މޮސްކޯ)
އިގޯ ޑިވެޔޭވް (ސީއެސްކޭއޭ މޮސްކޯ)
ވިޔަޗެސްލާވް ކަރަވެޔާވް (ޒެނިތު ސެއިންޓް ޕީޓަސްބާގް)
އަންދްރޭ ސެމްޔޮނޯވް (އަކްމަތު ގްރޮޒްނީ)
ފެޔޮޑޯރް ކުދްރިޔަޝޯވް (އަންޓަލްޔަސްޕޯރް)
ޖޯޖީ ޖިކިޔާ (ސްޕާޓަކް މޮސްކޯ)
ޔޫރީ ޒިރްކޯވް (ޒެނިތު ސެއިންޓް ޕީޓަސްބާގް)
- މިޑްފީލްޑަރުން
ޑެނިސް ޗެރިޝޭފް (ވެލެންސިއާ)
މަގޮމެޑް އޮޒްޑޮޔޭވް (ޒެނިތު ސެއިންޓް ޕީޓަސްބާގް)
ޑިމިޓްރީ ބަރިނޯވް (ލޮކޮމޯޓިވް މޮސްކޯ)
ރޯމަން ޒޮބްނިން (ސްޕާޓަކް މޮސްކޯ)
އެލެކްސޭ މިރަންޗުކް (އެޓަލާންޓާ)
އެލެކްސެންޓާ ގޮލޮވިން (މޮނާކޯ)
ރިފަތު ޒެމަލެޓްޑިނޯވް (ލޮކޮމޯޓިވް މޮސްކޯ)
އެލެކްސޭ އިއޮނޯވް (ކްރަސްނޮޑާ)
ޑެނީލް ފޮމިން (ޑައިނަމޯ މޮސްކޯ)
ޑެލާ ކުޒްޔަޔޭވް (ޒެނިތު ސެއިންޓް ޕީޓަސްބާގް)
އަންދްރޭ މޮސްޓޮވޯއީ (ޒެނިތު ސެއިންޓް ޕީޓަސްބާގް)
ޑެނިސް މަކަރޯވް (ރުބިން ކަޒާން)
މެކްސިމް މުކިން (ސީއެސްކޭއޭ މޮސްކޯ)
- ފޯވަޑުން
އެލެކްސެންޑާ ސޮބޮލޭވް (ސްޕާޓަކް މޮސްކޯ)
އެންޓޮން ޒަބޮލޮޓްނީ (ސީއެސްކޭއޭ މޮސްކޯ)
އާޓެމް ޖޫބާ (ޒެނިތު ސެއިންޓް ޕީޓަސްބާގް)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020