- އާބާދީ: 5.8 މިލިއަން
- ވެރިރަށް: ކޯޕެންހޭގަން
- ޓީމުގެ ވަނަން: ދަ ރެޑް އެންޑް ވައިޓް / ޑެނިޝް ޑައިނަމައިޓް
- ކެޕްޓަން: ސިމޮން ކެޔާ
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ޕީޓާ ޝުމައިކަލް (129 މެޗު)
- ޓޮޕް ސްކޯރާ: ޕޮއުލް ނީލްސެން (52 ގޯލް)، ޖޯން ޑާލް ޓޮމަސަން (52 ގޯލް)
ޑެންމާކަކީ ބައިނަލްއަގުވާމީ ފުޓުބޯޅައަށް އާ ޓީމެއް ނޫނެވެ. ޑެންމާކުން ފަސް ފަހަރަކު ވޯލްޑް ކަޕުގައި ވާދަކުރި އިރު، އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގައެވެ. ޑެންމާކުން ވަނީ އެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ޔޫރޯގައި ވެސް ޑެންމާކުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. ޔޫރޯގައި ހަތް ފަހަރު ވާދަކޮށްފައިވާ އިރު، ޔޫރޯ 1992ގެ ޗެމްޕިއަން ޓީމަކީ ޑެންމާކެވެ. އޭގެ އިތުރުން ޑެންމާކުން ވަނީ ޔޫރޯ 1984ގެ ސެމީ ފައިނަލުގައި ވާދަކޮށް، ޔޫރޯ 2004ގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.
މިފަހަރުގެ ޔޫރޯއަށް ޑެންމާކު ކޮލިފައިވީ ގްރޫޕު ޑީގެ ދެވަނައިގެ ގޮތުގައެވެ. އެއްވަނައިގެ ގޮތުގައި ކޮލިފައިވީ ސްވިޒަލެންޑެވެ. ޑެންމާކުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އިރު، ހަތަރު މެޗު ނިންމާލީ އެއްވަރުވެގެންނެވެ.
ކެސްޕާ ހިޖޫލްމަންޑް
އުމުރު: 49 އަހަރު
ހިޖޫލްމަންޑް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1987 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ ކްލަބުތަކަށް ކުޅެފައެވެ. ނަމަވެސް ކާމިޔާބެއް ނުލިބި 1998 ވަނަ އަހަރު ރިޓަޔާކުރަން ޖެހުނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
ޑެންމާކް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ހިޖޫލްމަންޑް ވަނީ ޑެންމާކުގެ ކްލަބުތަކަކާއި ޖަރުމަންގެ އެފްއެސްވީ މައިންޒްއަށް އިރުޝާދު ދީފައެވެ. ނަމަވެސް އެ ކްލަބުތަކާއެކު އޭނާއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ޔޫރޯގައި ޑެންމާކަށް ކޯޗުކަން ކޮށްދޭ ގޮތަށް ކުރީން އޮތީ މުބާރާތަށް ޓީމު ކޮލިފައިކޮށްދިން ކޯޗު އާގަ ހާއެއިޑް އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އައުމާ ގުޅިގެން މިދިޔަ އަހަރު ހިޖޫލްމަންޑް ވަނީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފައެވެ.
ކްރިސްޓިއަން އެރިކްސަން
އުމުރު: 29 އަހަރު
ކްލަބު: އިންޓަ މިލާން
ޑެންމާކުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރު އެރިކްސަންއެވެ. އިޓަލީގެ އިންޓަ މިލާނަށް ކުޅުމުގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާގައި ވެސް ވިދާލައިފައެވެ. އެރިކްސަން ވަނީ 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޑެންމާކަށް ކުޅުނު 106 މެޗުން 36 ގޯލު ޖަހައިދީފައެވެ. އެރިކްސަންއަކީ ވޯލްޑް ކަޕް 2010ގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ. އެ މުބާރާތަށް ފަހު ޔޫރޯ 2012 އަދި ވޯލްޑް ކަޕް 2018 ގައި ވެސް ޑެންމާކުގެ ޓީމުން އެރިކްސަން ފެނިގެންދިޔައެވެ.
- 12 ޖޫން/ 21:00 ޑެންމާކް – ފިންލެންޑް
- 17 ޖޫން/ 21:00 ޑެންމާކް – ބެލްޖިއަމް
- 22 ޖޫން/ 00:00 ރަޝިއާ – ޑެންމާކް
- ގޯލްކީޕަރުން
ކެސްޕާ ޝުމައިކަލް (ލެސްޓާ ސިޓީ)
ޖޮނަސް ލޮސީ (މިޓްޔުލަންޑް)
ފްރެޑެރިކް ރޮނޯ (ޝާލްކޭ)
- ޑިފެންޑަރުން
ޔޯކިން އެންޑަސަން (ފުލަމް)
ޔެނިކް ވަސްޓާގާޑް (ސައުތުހެމްޓަމް)
ސިމޮން ކެޔާ (އޭސީ މިލާން)
ޖޯކިމް މައޭލީ (އެޓަލާންޓާ)
އަންދްރޭސް ކްރިސްޓެންސެން (ޗެލްސީ)
މަތިއަސް ޖޯގެންސަން (ކޯޕެންހޭގަން)
ޖެންސް ސްޓްރައިގާ ލާސެން (އުދިނޭސީ)
ނިކޮލާއީ ބޮއިލެސެން (ކޯޕެންހޭގަން)
- މިޑްފީލްޑަރުން
ރޮބާޓް ސްކޮވް (ހޮފެންހެއިމް)
ތޯމަސް ޑެލެނީ (ބޮރޫޝިއާ ޑޯޓްމަންޑް)
ކްރިސްޓިއަން އެރިކްސަން (އިންޓަ މިލާން)
ކްރިސްޓިއަން ނޯގާޑް (ބްރެންޓްފޯޑް)
ޑެނިއަލް ވާސް (ވެލެންސިއާ)
ޕިއެރޭ އެމީލް ހޮއިބިއާގް (ޓޮޓެންހަމް ހޮޓްސްޕާ)
މެތިއަސް ޖެންސަން (ބްރެންޓްފޯޑް)
އެންޑާސް ކްރިސްޓިއަންސެން (މަލްމޯ)
- ފޯވަޑުން
މާޓިން ބްރެތުވެއިޓް (ބާސެލޯނާ)
އަންދްރޭސް ސްކޮވް އޮލްސަން (ބޮލޯނިއާ)
ކެސްޕާ ޑޮލްބާގް (ނީސް)
މިކެލް ޑެމްސްގާޑް (ސެމްޕްޑޯރިއާ)
ޖޮނަސް ވިންޑް (ކޯޕެންހޭގަން)
ޔޫސުފް ޕޮލްސަން (އާރްބީ ލައިފްޒިގް)
އަންދްރޭސް ކޯނެލިއަސް (ޕާމާ)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020