- އާބާދީ: 3.1 މިލިއަން
- ވެރިރަށް: ކާޑިފް
- ޓީމުގެ ވަނަން: ދަ ޑްރެގަންސް
- ކެޕްޓަން: ގެރެތު ބޭލް
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ކްރިސް ގަންޓާ (100 މެޗު)
- ޓޮޕް ސްކޯރާ: ގެރެތު ބޭލް (33 ގޯލް)
ވޭލްސްއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި މާބޮޑު ތާރީހެއް އޮތް ޓީމެއް ނޫނެވެ. އެޓީމަށް 1958ގެ ވޯލްޑް ކަޕް ފިޔަވައި، ވޯލްޑްކަޕްގެ އެހެން އެއްވެސް މުބާރާތަކުން ފުރުސަތު ލިބިފައެއް ނުވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ އެޓީމުން ކުޅޭނެ ދެވަނަ ޔޫރޯއެވެ. ވޭލްސްގެ ފުރަތަމަ ޔޫރޯއަކީ އެންމެ ފަހުން 2016ގައި ފްރާންސްގައި ބޭއްވި ޔޫރޯއެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގައި ވޭލްސްއިން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައިން ވޭލްސްއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ޗެމްޕިއަން ޕޯޗުގަލް އަތުންނެވެ.
މިފަހަރުގެ ޔޫރޯއަށް ވޭލްސް ކޮލިފައި ވީ ގްރޫޕު އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއްވަނައިގެ ގޮތުގައި ކޮލިފައި ވީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ފައިނަލިސްޓް، ކްރޮއޭޝިއާއެވެ.
ރޮބާޓް ޕޭޖް
އުމުރު: 46 އަހަރު
ވޭލްސްގެ ހެޑް ކޯޗަކީ ޔޫރޯއަށް އެޓީމު ކޮލިފައިކޮށްދިން މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރަޔަން ގިގްސްއެވެ. ނަމަވެސް ދެ އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވޭލްސްގެ ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރީ ރޮބާޓް ޕޭޖެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ޕޭޖް ވަނީ އިނގިރޭސި ކްލަބު ވެޓްފޯޑް އާއި ވޭލްސްގެ ކާޑިފް ސިޓީއަށް ޑިފެންޑަރެއްގެ ގޮތުގައި ކުޅެފައެވެ. އޭގެ އިތުރުން 1996 އިން 2005 އަށް ވޭލްސްގެ ގައުމީ ޓީމަށް ވެސް އޭނާ ކުޅުނެވެ. އޭނާ 2011 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ކޯޗިން ކެރިޔަރު ފެށީ 2014 ގައެވެ. އޭނާ ވަނީ ކުރިން ވޭލްސްގެ ޔޫތު ޓީމުތަކަށް އިރުޝާދު ދީފައެވެ.
ގެރެތު ބޭލް
އުމުރު: 31 އަހަރު
ކްލަބު: ރެއާލް މެޑްރިޑް
ވޭލްސްގެ ތަރިއަކީ އެޓީމުގެ ކެޕްޓަން ގެރެތު ބޭލްއެވެ. އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާ އިން ވިދާލުމަށްފަހު 2013 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑަށް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، މިސީޒަނުގައި ލޯނުގެ ދަށުން އެނބުރި ޓޮޓެންހަމްއަށް ގޮސް، ކުޅުން ރަނގަޅު ކުރަމުން އައި ތަން ފެނުނެވެ. އެހެންކަމުން ވޭލްސްއަށް 90 މެޗުން 33 ގޯލު ކާމިޔާބުކޮށްދިން ބޭލްއަށް ވެސް މިފަހަރުގެ ޔޫރޯގައި މީހުންގެ ލޯތައް އަމާޒު ވާނެއެވެ. ވޭލްސްއަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔަކީ ވެސް ބޭލްއެވެ.
- 12 ޖޫން/ 18:00 ވޭލްސް – ސްވިޒަލެންޑް
- 16 ޖޫން/ 21:00 ތުރުކީ – ވޭލްސް
- 20 ޖޫން/ 21:00 އިޓަލީ – ވޭލްސް
- ގޯލްކީޕަރުން
ވޭން ހެނެސީ (ކްރިސްޓަލް ޕެލަސް)
ޑެނީ ވޯޑް (ލެސްޓާ ސިޓީ)
އެޑަމް ޑޭވީސް (ސްޓޯކް ސިޓީ)
- ޑިފެންޑަރުން
ކްރިސް ގުންޓާ (ޗާލްޓަން އެތުލެޓިކް)
ނެކޯ ވިލިއަމްސް (ލިވަޕޫލް)
ބެން ޑޭވީސް (ޓޮޓެންހަމް ހޮޓްސްޕާ)
ޓޮމް ލޮކްޔާ (ލުޓަން ޓައުން)
ޖޯ ރޮޑޮން (ޓޮޓެންހަމް ހޮޓްސްޕާ)
ކޮނާ ރޮބާޓްސް (ސްވަންސީ ސިޓީ)
ރީސް ނޮރިންގްޓަން ޑޭވީސް (ޝެފީލްޑް ޔުނައިޓެޑް)
ކްރިސް މެފަމް (ބޯންމަތު)
ބެން ކަބަންގޯ (ސްވަންސީ ސިޓީ)
- މިޑްފީލްޑަރުން
ޖޯ އެލަން (ސްޓޯކް ސިޓީ)
ހެރީ ވިލްސަން (ލިވަޕޫލް)
އާރަން ރަމްސީ (ޔުވެންޓަސް)
އީތަން އަމްޕަޑޫ (ޗެލްސީ)
ޖޯ މޮރެލް (ލުޓަން ޓައުން)
ޖޮނީ ވިލިއަމްސް (ކާޑިފް ސިޓީ)
ޑޭވިޑް ބްރޫކްސް (ބޯންމަތު)
ޑެނިއެލް ޖޭމްސް (މެންޗެސްޓާ ޔުނައިޓެޑް)
ޑީލަން ލެވިޓް (މެންޗެސްޓާ ޔުނައިޓެޑް)
ރުބިން ކޮލްވިލް (ކާޑިފް ސިޓީ)
މެތިއު ސްމިތު (މެންޗެސްޓާ ސިޓީ)
- ފޯވަޑުން
ޓައިލާ ރޮބާޓްސް (ލީޑްސް ޔުނައިޓެޑް)
ގެރެތު ބޭލް (ރެއާލް މެޑްރިޑް)
ކިއެފާ މޫ (ކާޑިފް ސިޓީ)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020