• އާބާދީ: 83.6 މިލިއަން
  • ވެރިރަށް: އަންކަރާ
  • ޓީމުގެ ވަނަން: އައީ ޔިލްޑިޒްލިލާރް (ދަ ކްރެސެންޓް ސްޓާސް)
  • ކެޕްޓަން: ބުރަކް ޔިލްމާޒް
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ރުސްތޫ ރެކްބާ (120 މެޗު)
  • ޓޮޕް ސްކޯރާ: ހަކާން ސުކޫރް (51 ގޯލް)

ތުރުކީއަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި މާ ބޮޑު ކާމިޔާބު ތާރީހެއް އޮތް ޓީމެއް ނޫނެވެ. އެގައުމުން ދެ ފަހަރަކު ވޯލްޑް ކަޕްގައި ވާދަކުރި އިރު، ޔޫރޯގައި ވާދަކޮށްފައިވަނީ ހަތަރު ފަހަރެވެ. ތުރުކީގެ އެންމެ ބޮޑު ކާމިޔާބަކީ ވޯލްޑް ކަޕް 2002 ގައި ތިންވަނަ މަގާމު ހޯދުމާއި، ޔޫރޯ 2008ގެ ސެމީ ފައިނަލަށް ދަތުރުކުރުމެވެ. ތުރުކީން ވަނީ 2003ގެ ކޮންފެޑެރޭޝަންސް ކަޕްގެ ތިންވަނަ މަގާމުވެސް ހޯދައިފައެވެ.

ތުރުކީން ޔޫރޯގައި އެންމެ ފަހުން ވާދަކުރީ 2016 ގައި ފްރާންސްގައި ބޭއްވި ފަހަރުއެވެ. އެ އަހަރުގެ މުބާރާތުގައި ގްރޫޕު ސްޓޭޖުން ތުރުކީ ވަނީ ކަޓައިފައެވެ. ސްޕެއިން އާއި ކްރޮއޭޝިއާއާ އެއް ގްރޫޕެއްގައި ހިމެނުނު އެ ފަހަރު ތުރުކީއަށް މޮޅުއް ހޯދުނީ ހަމައެކަނި އެ ގްރޫޕުގެ ފުލުގައި ނިންމާލި ޗެކް ރިޕަބްލިކް އަތުންނެވެ.

ސެނޯލް ގުނޭސް

އުމުރު: 69 އަހަރު

ސެނޯލް ގުނޭސް އަކީ 1900 ގެ ފަހުކޮޅު ތުރުކީގެ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ގޯލްކީޕަރެކެވެ. އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ތުރުކީ ޓްރަބްޒަންސްޕޯއާ އެކު ތުރުކީގެ ލީގު ހަ ފަހަރަކު ކާމިޔާބުކޮށްފައެވެ. ތިން ފަހަރު ރަނަރަޕްކަން ހޯދިއެވެ. 17 އަހަރަށްފަހު ކުޅުންތެރިއެއްގެ ގޮތުން އޭނާ ރިޓަޔާކުރީ 1987 ވަނަ އަހަރުއެވެ.

ކުޅުން ހުއްޓާލުމަށްފަހު ގުނޭސް ވަނީ 1988 ވަނަ އަހަރު އޭނާގެ ކޯޗިން ކެރިޔަރު ފަށައިފައެވެ. އޭނާ 2019ގައި ތުރުކީގެ ގައުމީ ޓީމާ ހަވާލު ވުމުގެ ކުރީން 2000 އިން ފެށިގެން 2004 އަށް ވެސް ގައުމީ ޓީމަށް އިރުޝާދު ދިނެވެ. ތުރުކީން ހޯދި އެންމެ ބޮޑު ކާމިޔާބު، ވޯލްޑް ކަޕް 2002ގެ ތިންވަނަ ހޯދީ ގުނޭސްގެ އިރުޝާދުގެ ދަށުންނެވެ.

ބުރަކް ޔިލްމާޒް

އުމުރު: 35 އަހަރު

ކްލަބު: ލިލް

ތުރުކީގެ ސްކޮޑުގައި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔަކީ ފޯވަޑް ޔިލްމާޒް ކަމުގައިވިޔަސް، އޭނާއަކީ ތުރުކީއަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ތުރުކީގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅެމުން އަންނަ ޔިލްމާޒް ވަނީ 2006 ވަނަ އަހަރުން ފެށިގެން އެޓީމަށް ކުޅުނު 66 މެޗުން 28 ގޯލު ޖަހައިދީފައެވެ. އޭނާ ވަނީ އެންމެ ފަހުން ބޭއްވި 2016ގެ ޔޫރޯގައި ވެސް ކުޅެފައެވެ. މިއަހަރު ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޔިލްމާޒް ވަނީ ތިން ގޯލު ޖަހައި، އޭނާގެ ފުރަތަމަ އިންޓަނޭޝަނަލް ހެޓްރިކް ހަދައިފައެވެ.

  • 12 ޖޫން/ 00:00 ތުރުކީ – އިޓަލީ
  • 16 ޖޫން/ 21:00 ތުރުކީ – ވޭލްސް
  • 20 ޖޫން/ 21:00 ސްވިޒަލެންޑް – ތުރުކީ
  • ގޯލްކީޕަރުން

މާތު ގުނޯކް (އިސްތަންބޫލް ބަސަކްސެހިރް)

އަލްތާއީ ބަޔިންދަރް (ފެނަބާޗޭ)

އުޖާން ޗެކަރް (ތްރަބްޒަންސްޕޯ)

  • ޑިފެންޑަރުން

ޒެކީ ޗެލިކް (ލިލް)

މެރީހް ޑެމިރާލް (ޔުވެންޓަސް)

ޗާލާރް ސޮޔުންޗޫ (ލެސްޓާ ސިޓީ)

އުމުތު މެރާޝް (ލެ ހަވްރޭ)

އޮޒާން ކަބާކް (ލިވަޕޫލް)

ރިދްވާން ޔިލްމާޒް (ބެސިކްޓާސް)

ކާން އައިހާން (ސަސުއޯލާ)

މާޓް މުލްޑާ (ސަސުއޯލާ)

  • މިޑްފީލްޑަރުން

އޮކޭ ޔޮކުސްލޫ (ވެސްޓް ބްރޮޮމްވިޗް އަލްބިއޮން)

އޮޒާން ޓުފާން (ފެނަބާޗޭ)

ސެންޖިޒް އުންޑާ (ލެސްޓާ ސިޓީ)

ޑޮރުކާން ޓޮކޯޒް (ބެސިކްޓާސް)

ހަކާން ޗަލްހަނޯލޫ (އޭސީ މިލާން)

ޔޫސުފް ޔަޒިޖީ (ލިލް)

ޓައިލާން އަންޓާލިޔަލީ (ގަލަތަސަރާއީ)

އޮރްކުން ކޮކްޗޫ (ފެޔެނޫޑް)

އަބްދުލްކަދިރް އޮމުރް (ޓްރަބްޒަންސްޕޯ)

އިރްފާން ކަހްވީޖީ (ފެނަބާޗޭ)

ކަރެމް އަކްޓުރްކޯލޫ (ގަލަތަސަރާއީ)

  • ފޯވަޑުން

ކީނަން ކަރަމަން (ފޯޗޫނާ ޑުސެލްޑޯފް)

އެނެސް އުނަލް (ގެޓާފޭ)

ބުރަކް ޔިލްމާޒް (ލިލް)

ހަލީލް ޑާވިޝޯލޫ (ގަލަތަސަރާއީ)