• އާބާދީ: 8.5 މިލިއަން
  • ވެރިރަށް: ބަރން
  • ޓީމުގެ ވަނަން: އޭ ޓީމް ނެޓި (ނެޝަނަލް ޓީމް) / ރޮސޮކްރޮސިއަޓި (ރެޑް ކްރޮސަސް)
  • ކެޕްޓަން: ގްރެނިޓް ޖަކާ
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ހެއިންޒް ހާމަން (118 މެޗު)
  • ޓޮޕް ސްކޯރާ: އެލެކްސެންޑާ ފްރޭ (42 ގޯލް)

ސްވިޒަލެންޑަކީ ދުނިޔޭގެ ފުޓުބޯޅައިގައި ކާމިޔާބު ޓީމަކަށް ނުވި ނަމަވެސް، އެޓީމަކީ ވޯލްޑްކަޕް އަދި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުން ޖާގަ ހޯދަމުން އަންނަ ޓީމެކެވެ. ސްވިޒަލެންޑުން 11 ވޯލްޑް ކަޕެއްގައި ކުޅުނު އިރު، އެޓީމުން ވަނީ 1934، 1938 އަދި 1954 ގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ. އަދި އެޓީމުން ޔޫރޯގައި ހަތަރު ފަހަރަކު ވަނީ ވާދަކޮށްފައެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބު މުބާރާތަކީ އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯއެވެ. އެފަހަރު ގަދަ 16ގައި ސްވިޒަލެންޑް ބަލިވީ ޕޮލެންޑް އަތުން ޕެނަލްޓީ ޝޫޓްއައުޓްގައެވެ.

މިފަހަރުގެ ޔޫރޯއަށް ސްވިޒަލެންޑް ކޮލިފައިވީ ގްރޫޕު ޑީގެ އެއްވަނައިގެ ގޮތުގައެވެ. ކޮލިފައިންގައި އެޓީމުން ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވި އިރު، ބަލިވީ އެންމެ މެޗަކުންނެވެ. އަދި ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލަޑިމިއާ ޕެޓްކޮވިޗް

އުމުރު: 57 އަހަރު

ޔޫގޯސްލާވިއާއަށް އުފަން ޕެޓްކޮވިޗް މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވެސް ފެނިގެންދިޔައެވެ. ކުޅުންތެރިއެއްގެ ގޮތުގައި 18 އަހަރު ހޭދަ ކުރި ޕެޓްކޮވިޗް ފެނިގެންދިޔައީ ބޮސްނިއާ އާއި ސްވިޒަލެންޑްގެ ކްލަބުތަކުންނެވެ. އޭނާ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކޮށްފައިވަނީ 1999 ވަނަ އަހަރުއެވެ.

ޕެޓްކޮވިޗް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކުރުމުގެ ކުރިން 1997 ވަނަ އަހަރު ކޯޗިން ކެރިޔަރު ފަށައިފައެވެ. އޭނާ އަކީ އިޓަލީގެ ލާޒިއޯއަށް އިރުޝާދު ދިން ކޯޗެކެވެ. ކްލަބު ކޯޗިންގައި އޭނާގެ އެންމެ ބޮޑު ކާމިޔާބަކީ ލާޒިއޯއާއެކު 2012ގެ ކޮޕާ އިޓާލިއާ ކާމިޔާބުކުރުމެވެ.

ލާޒިއޯ ދޫކޮށްލުމަށްފަހު ސްވިޒަލެންޑްގެ ކޯޗުކަމާ ޕެޓްކޮވިޗް ހަވާލުވީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 ގައި ސްވިޒަލެންޑަށް އިރުޝާދު ދީފައެވެ.

ގްރެނިޓް ޖަކާ

އުމުރު: 28 އަހަރު

ކްލަބު: އާސެނަލް

ސްވިޒަލެންޑުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އެޓީމުގެ ކެޕްޓަން ޖަކާއެވެ. އިނގިރޭސި ކްލަބު އާސެނަލްގެ މެދުތެރޭގައި ވެސް އިސް ދައުރެއް އަދާކުރަމުން އަންނަ ޖަކާ ވަނީ 2011 އިން ފެށިގެން ސްވިޒަލެންޑަށް ކުޅުނު 92 މެޗުން 12 ގޯލު ޖަހައިދީފައެވެ. ޒަކާ ވަނީ ބޮޑު ތިން މުބާރާތެއްގައި ސްވިޒަލެންޑަށް ކުޅެފައެވެ. އެއީ ވޯލްޑް ކަޕް 2014، ޔޫރޯ 2016 އަދި ވޯލްޑް ކަޕް 2018 އެވެ. ކޮންމެ މެޗެއްގައި ވެސް ދަނޑުމަތީގައި ޖަކާ ފެނިގެންދަނީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. އޭނާއަކީ ޑިފެންސް އަދި އެޓޭކުގައި ވެސް ބައިވެރިވާ ކުޅުންތެރިއެކެވެ.

  • 12 ޖޫން/ 18:00 ވޭލްސް – ސްވިޒަލެންޑް
  • 17 ޖޫން/ 00:00 އިޓަލީ – ސްވިޒަލެންޑް
  • 20 ޖޫން/ 21:00 ސްވިޒަލެންޑް – ތުރުކީ
  • ގޯލްކީޕަރުން

ޔޭން ސޮމާ (ބޮރޫޝިއާ މޮންޗެންގްލަޑްބެޗް)

ޔުވޯން ވޮގޯ (ޕީއެސްވީ)

ޖޮނަސް އޮމްލިން (މޮންޓްޕެލިއާ)

  • ޑިފެންޑަރުން

ކެވިން އެމްބާބޫ (ވީއެފްއެލް ވޮލްފްސްބާގް)

ސިލްވާން ވިޑްމާ (ބާސެލް)

ނިކޯ އެލްވެޑީ (ބޮރޫޝިއާ މޮންޗެންގްލަޑްބެޗް)

މެނުއެލް އަކަންޖީ (ބޮރޫޝިއާ ޑޯޓްމަންޑް)

ރިކާޑޯ ރޮޑްރިގޭޒް (ޓޮރީނޯ)

ލޮރިޒް ބެނިޓޯ (ބޯޑޭ)

ފަބިއަން ޝާ (ނިއުކާސަލް ޔުނައިޓެޑް)

ބެސީރް އޮމެރަޖިޗް (ޒިއުރިކް)

އެރޭ ކޯމާޓް (ބާސެލް)

ޖޯޑަން ލޮޓޮމްބާ (ނީސް)

  • މިޑްފީލްޑަރުން

ޑެނިސް ޒަކަރީއާ (ބޮރޫޝިއާ މޮންޗެންގްލަޑްބެޗް)

ރެމޯ ފްރެއުލާ (އެޓަލާންޓާ)

ގްރިނިޓް ޖަކާ (އާސެނަލް)

ސްޓީވަން ޒޫބާ (އެއިންޓްރެޗް ފްރެންކްފާޓް)

ޖިބްރީލް ސޯ (އެއިންޓްރެޗް ފްރެންކްފާޓް)

އެޑްމިލްސަން ފެނާންޑޭޒް (މާއިންޒް)

ޒެރްދާން ޝަގީރީ (ލިވަޕޫލް)

  • ފޯވަޑުން

ބްރީލް އެމްބޯލޯ (ބޮރޫޝިއާ މޮންޗެންގްލަޑްބެޗް)

ހަރިސް ސެފެރޮވިޗް (ބެންފީކާ)

ރުބެން ވާގާސް (އެފްސީ އޮގްސްބާގް)

ކްރިސްޓިއަން ފަސްނެޗް (ޔަންގް ބޯއީޒް)

އެޑްމީރް މެހްމެދީ (ވީއެފްއެލް ވޮލްފްސްބާގް)

މާރިއޯ ގަވްރަނޮވިޗް (ޑައިނަމޯ ޒަގްރެބް)