ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންްޓް ހިނގީ މިއަދު ހަވީރު 16:10 އެހާކަންހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި އެ ދެމީހުންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ، އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެ މީހުންނަށް ކަމަށެވެ. އެ އެކްސިޑެންޓްގައި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.