ސްޓޫޑެންޓް ލޯނު މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުވާނީ ފިނޭންސް މިނިސްޓްރީއާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކުގައި މަޝްވަރާކޮށް ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ކޮވިޑާއި ގުޅިގެން މީގެ ކުރިންވެސް ސްޓޫޑެންޓް ލޯނުތައް ފަސްކޮށްދީފައިވެ އެވެ.

ސްޓޫޑެންޓް ލޯނުތައް މިމަހުގެ ނިޔަލަށް ފަސްކުރުމަށް ނިންމާފައިވާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލް މެދުވެރިކޮށް ލޯނު ދޫކުރާނެ ކަމަށްވެސް ރައީސް މީގެ ކުރިން ވިދާޅުވި އެވެ.