އދ. ދަނގެތި ފަޅުތެރެއަށް މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ މިރޭ 10:30 ހާއިރު ދަނގެތި ފަޅުގައި އޮތް "ބްލޫ ފޯސް 1" ސަފާރީން މޫދަށް ފޭބި މީހަކު ހަބަރެއް ނުވެގެން ބެލި އިރު، ސަފާރީއާ ދިމާލު މޫދު އަޑީގައި އޮއްވައި ފެނިފައިވާ ކަމަށެވެ. އަދި އޭނާ މޫދުން ނެގިއިރުވެސް ހަރަަކާތެއް ނެތް ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެމީހާ ދަނގެތި ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ރ. އިނގުރައިދޫ ވެސްޓް ބީޗް، މުމްތާޒް ހުސެއިން (32އ)އެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ދަނގެތި ފަޅުތެރެއަށް މޫދަށް ފޭބި މީހަކު މިރޭ މަރުވެފައިވާ އިރު، ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ވެސް މިއަދު ހަވީރު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު