​​ޔޫރޯ 2020ގެ ފުޓުބޯޅަ ފޯރިއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި "އުރީދޫ ފެންޓަސީ ލީގު" ގެ ނަމުގައި ޓޯނަމެންޓެއް އިއުލާނުކޮށްފިއެވެ.

މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ ދިހަ ފަރާތަކަށް އަގުހުރި އިނާމުތަކެއްވެސް ލިބިގެންދާނެއެވެ. މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމު ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. އެގޮތުން 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕާ ގުޅިގެން އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓްވެސް އުރީދޫން ވަނީ ބާއްވައިފައެވެ.

​​އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުން ކަމުގައިވާ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސްއާ ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއްވެސް ވަނީ ހަމަޖައްސައިފައެވެ.

  • އެއްވަނަ ހޯދާ ފަރާތަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން
  • ދެވަނަ ހޯދާ ފަރާތަށް ހައިސެންސް ބައި ރެޑްވޭވްގެ ފަރާތުން ދޭ ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ
  • ތިންވަނަ ހޯދާ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް
  • ހަތަރުވަނަ އިން ފެށިގެން ދިހަވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗަރެއް

​ޔޫރޯ 2020 ފެންޓަސީ ފުޓްބޯލް އަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމުތަކުގެ ކުޅުންތެރިންތަކެއް އިހުތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެންދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ. ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށްވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެއެވެ.

​އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް http://ore.do/fantasyeuro20 ނުވަތަ 64OXKZRT08 ކޯޑް ބޭނުންކުރުން އުރީދޫއިން އެދެއެވެ.