ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ ނުވިއްކާނެ ކަމުގެ ޔަގީންކަން ކްލަބުގެ ރައީސް ނާސެރު އަލް ހަލީފާ ބުނެފިއެވެ.
ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާއަށް ލޯ ނާޅާ ކްލަބެއް މަދެވެ. އެހެންނަމަވެސް އަގުގެ ގޮތުން އެމްބާޕޭ ގެންދެވެން އޮތީ މަދު ކްލަބަކަށެވެ. ޓްރާންސްފާ މާކެޓުގައި އަޑު ފެތުރިފައިވާ ގޮތުން އެމްބާޕޭ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. އެކަމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެފައިވެއެވެ.
"އަހަރެން ވަރަށް ސާފުކޮށް މިބުނަނީ އެމްބާޕޭ ނުދާނެ އެހެން ކްލަބަކަށް. އޭނާ މަޑުކުރާނީ ޕީއެސްޖީގައި. އެމްބާޕޭ ނުވެސް ވިއްކާނަން، އަދި ކޮންޓްރެކްޓް ހަމަވެ ހިލޭ ފޮނުވައެއްވެސް ނުލާނަން،" ލެ އިކިއުޕޭއަށް އަލް ހަލީފާ ވިދާޅުވިއެވެ.
ހަލީފާ ވިދާޅުވީ އެމްބާޕޭއާއެކު އާ އެއްބަސްވުމަކަށް ދިއުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށާއި އެކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރާނީ ވާހަކަތައް ނިމުމުން ކަމަށެވެ.
"މިއީ ޕެރިސް. އެމްބާޕޭގެ ގައުމު. އޭނާ އެހުރީ މިޝަނެއްގައި. ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިއަކަށް ވާކަށް ނޫން. ލީގު1 އާއި އަމިއްލަ ގައުމު، އަދި އަމިއްލަ ސިޓީގެ ބޮޑު ޕްރޮމޯޝަނެއް އެމްބާޕޭ ބޮލުގައި ވަނީ އެޅިފައި. އަހަންނަށް 100 ޕަސެންޓް ޔަގީން ކުރިއަށް އޮތް އަހަރުތަކުގައި އެމްބާޕޭއަށް ބެލޮންޑިއޯ ހޯދޭނެ ކަމަށް،" އެމްބާޕޭއަށް ތައުރީފުކުރަމުން އަލް ހަލީފާ ވިދާޅުވިއެވެ.
އެމްބާޕޭ އަދި ނޭމާ ފަދަ ކުޅުންތެރިންނާއެކު ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކީ ޔޫރަޕްގެ ޗެމްޕިއަން ކަމެވެ. އެޓީމަށް އެންމެ ކައިރިއަށް ދެވުނީ 2019-20 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށެވެ. ފައިނަލްގައި ބަލިވީ ބަޔާން މިއުނިކް އަތުންނެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް