ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަން ސާބިތުވެފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ގާޒީ ހުސައިން ފާއިޒް ރަޝާދު ކޯޓުގެ ޝަރީއަތް ކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓު ރޫމުގެ ބޭރުގައި މައްސަލަ ރައްދުވާ ފަރާތް ބޭންދުމަށްފަހު މައްސަލައިގައި ހުކުމް ހަވާލުކުރުމަކީ ކުރާކަމެއް ކަމަށް ބުނެފައިވާތީ އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އެ އަމަލަކީ ކޯޓުތަކުގެ ގާނޫނުގެ 58 ވަނަ މާއްދާ އާއި، ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ހ) އާއި (ޅ) އާއި (ކ) އާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.2 އާއި، އަދި 6.1 ވަނަ ނަންބަރާ ހިލާފު އަމަލެއްކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ ނަންބަރު މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ގާޒީ ހުސައިން ފާއިޒް ރަޝާދަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން