ބަންގްލަދޭޝްގައި ދިވެހި ސިފައިން ތަމްރީނު ކުރުމަށް އިތުރު ފުރުސަތު ހޯދުމާ ގުޅޭ ގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަހުމަދު މަޝްވަރާކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ބަންޑާރަ ކޮށީގައި މިއަދު ބޭއްވި އެ ބައްދަލު ކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ، ދެ ގައުމުގެ ޒަމާންވީ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
އެގޮތުން ޑިޒާސްޓާ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކުގަ އާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އިތުރުން ބަންގްލަދޭޝްގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާއި އެގައުމުގައި ދިވެހި ސިފައިން ތަމްރީނު ކުރުމަށް އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ބައްދަލުކުރެއްވުމުގައި މިނިސްޓަރު މާރިޔާ ވަނީ 2004ގެ ސުނާމީން ކާރިސާ އިން ފެށިގެން މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމާ ހަމައަށް ރާއްޖެއިން އެހީއަށް ބޭނުންވި ހާލަތްތަކުގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުން ފޯރުކޮށްދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު