މައްޗަންގޯޅީ ގެއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މައްޗަންގޯޅި ގެއެއްގެ ތެރޭގައި 19 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފައިވާ ކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 11:04 ގައި ލިބިފައިވާ ކަމަށެވެ.
ހަމަލާގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ އެ ޒުވާނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު