ރާއްޖޭގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާ ފަސެންޖަރުންގެ ހައްގުތަކާބެހޭ ގާނޫނުގެ ބިލެއް ތައްޔާރު ކޮށްފައިވާ ކަމަށާއި އެ ބިލު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މަޝްވަރާއަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ރާއްޖޭގެ އެއާޕޯޓުތަކުގައި ހުރި މައްސަލަތަކާއި ވައިގެ ދަތުރުތަކާއި އެހެނިހެން ވަސީލަތްތަކުން ދަތުރު ކުރާ ފަސެންޖަރުންގެ އިންޝުއަރެންސާއި ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން އެ ކޮމިޓީގެ މެންބަރުން މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެއާޕޯޓުތައް ހެދިގެން ދަނީ ސިވިލް އޭވިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލައިގެން ކަމަށެވެ.
ނަމަވެސް އެކަންތައްތަކަށް އިތުރު ގަވާއިދުތަކެއް އައިސް އިތުރު ކަންތައްތަކެއް ހަރުދަނާވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ފަސެންޖަރުންގެ ހައްގުތައް ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ފަސެންޖާ ރައިޓްސް ބިލު ޑްރާފްޓް ކުރެވި އޭޖީ އާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ފޮނުވި އޭގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު