މާލޭގެ ގެއެއްގެ ތެރެއިން މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ބުނީ ގަލޮޅުގެ ގެއެއްގައި ކުނިވަސް ދުވާތީ ބެލި އިރު މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 2:33 ހާއިރު ކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ 27 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ސީން ޕްރޮސެސްކޮށް ބަލަން ޖެހޭ ކަންކަން ބެލުމުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު