މާލޭ ސަރަހައްދުގެ 37 މިސްކިތެއްގައި މިހާރުވެސް ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލެވުނު ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި، ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދާތީ އާންމު މަސްލަހަތަށް ރިއާޔަތްކޮށް މިސްކިތްތައް ބަންދު ކުރަން ނިންމި ކަމަށެވެ.
މިސްކިތްތައް ބަންދު ކުރަން ނިންމި ކަމުގައި ވިޔަސް ބައެއް އާންމު ފަރާތްތަކުން ހާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުން ދާތީ މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި ފާހާނާ ކުރުމާއި ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް ހަމަޖައްސާފައި ވާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މިހާލަތުގައިވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކޮށް، ސުންނަތް ނަމާދު ގިނަކޮށް، ގުރުއާން ކިޔަވައި، އިސްތިގުފާރު ކުރުމަށާއި ކޮވިށްގެ ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުއާ ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު