ކޮވިޑް ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންފިލާގައި ފަރުވާދެމުންދިޔަ 42 އަހަރުގެ އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 83 އަހަރުގެ އަންހެނެކެވެ.
މި ދެ މަރާއެކު ކޮވިޑު ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރައިފައެވެ.
މިއަދު އެންމެ ފުރަތަމަ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 70 އަހަރުގެ ފިރިހެނެކެވެ. ދެވަނައަށް މަރުވީ ބ. ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެކެވެ.
މިއަދު ދެން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހެކެވެ. އެއީ 50 އަހަރުގެ ފިރިހެނަކާއި 59 އަހަރުގެ އަންހެނެކެވެ. ފަސް ވަނަ މީހާ އަކީ އައިޖީއެމްއެޗް އެމަޖެންސީ އަށް މަރުވެގެން ގެންދިޔަ 88 އަހަރުގެ އަންހެނެކެވެ. އޭނާ ކޮވިޑަށް ޓެސްޓު ކުރި އިރު، ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ވަނީ މަރުވެފައެވެ.
މި އަށް މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 169 އަށް އަރައިފައެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު