އެމްއެންޑީއެފްގެ އޮފިޝަލަކާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު "މިހާރު" ނޫހުގައި ރިޕޯޓު ކުރި މައްސަލަ، އެމްއެންޑީއެފް އާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބަލަންޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެ މަނިކުފާނުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވާ ނަމަ ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި، އެ ގެ ހުރި ގޮތާއި ހުރި ތަނުގެ ގޮތުން ސަލާމަތީ ކަންކަން ނުބެލެހެއްޓިދާނެކަން އެމްއެންޑީއެފުން ނަޝީދަށް ތަކުރާރުކޮށް އެންގި ކަމަށް ބުނެ، ކަމާބެހޭ ފަރާތްތަކާ ހަވާލާދީ "މިހާރު" ނޫހުގައި ލިޔެ މައުލޫމާތުތައް ހާމަކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ހަަސަން ވިދާޅުވީ، އެކަމާ ބެހޭ ގޮތުން "މިހާރު" ނޫހުގައި ލިޔެފައިވާ އާޓިކަލްގައި ރައީސް ނަޝީދަށް އަދި ރައީސް ނަޝީދުގެ ގެކޮޅަށް ރައްކާތެރިކަން ދިނުނުގެ ގޮތުން އެމްއެންޑީއެފުން އަމަލު ކުރާ ގޮތުގެ ތަފްސީލީ މައުލުމާތު ހިމެނޭ ކަމަށެވެ.
އެ ނޫހަށް ތަފުސީލީ މައުލޫމާތު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމައުލޫމާތު ދިން ފަރާތަކީ ސަލާމަތީ ހިދުމަތުގެ ތެރެއިން ނުވަތަ، ޑިފެންސް މިނިސްޓްރީގެ ތެރެއިން ވަަރަަށް މަދު ބަޔަކަށް ނޫނީ އެނގޭނެ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
"އެހެން މިދަންނަވާ ސަބަބަކީ އެ އާޓިކަލްގައި ލިޔެފައިވާ ވާހަކަތަކަށް ބަލާއިރު އޭގެ ތެރޭގައި އެބަ ހިމެނޭ ރައީސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަސައްކަތް ކުރަމުންދާއިރު ރައީސް ނަޝީދަށް ހުރި ތުރެޓްތަ ކުގެ މައުލޫމާތު، ރައީސް ނަޝީދަށް ދޭ ބްރީފްތަކުގައި ހިމެނޭ މައުލޫމާތުވެސް އެހެރީ އެ އާޓިކަލްގައި ޝާއިއު ކޮށްފަ، މިއީ ވަަރަށް މަދު ބަޔަކަށްނޫނީ އެނގޭނެ މައުލޫމާތެއް ނޫން، އެ އާޓިކަލަށް މައުލޫމާތު ދީފައިވަނީ، ހަމަގައިމުވެސް އާއްމުންގެ މީހެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރުޓީއާ ބެހޭގޮތުން ދެއްވާ ބްރީފްތަކުގައި ހިމެނޭ މައުލޫމާތު އިތުރުން ގެ ކޮޅުގައި ކަންކަން ހުންނަ ގޮތުގެ މައުލޫމާތު އެ އާޓިކަލް ގައި ހިމެނިފައި ވާތީ އެކަމުގެ ސަބަބުން އެމަނިކުފާނުގެ އާއިލާގެ އެހެން ބޭފުޅުންގެ ދިރިއުޅުންވެސް ނުރައްކަލަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.
"އެ ގޭގައި މިވަގުތު އެމްއެންޑީއެފްގެ ބޭފުޅުން ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ނަމަވެސް އެ ގޭގައި ދެން ދިރިއުޅުއްވާ އެހެން ބޭފުޅުންނަށް އެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދެވޭނެ ކަމުގެ ޔަގީންކަމެއް މިހާރަކު އަޅުގަނޑަކަށް ނެތް،"
ހަސަން ލަތީފު ވިދާޅުވީ، އެ މައުލޫމާތުތައް "މިހާރު" ނޫހުގައި ޝާއިއު ކޮށްގެން މިހާތަނަށް އައި އިރުވެސް، އެމްއެންޑީއެފުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދަށް ހަމާދިން މައްސަލަ ބަލަމުން އަންނަ ގޮތަށް، އެ މައުލޫމާތުތައް ހާމަކުރި މައްސަލަ ވެސް އެމްއެންޑީއެފުން ބަލަން ޖެހޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ހަމަ އެގޮތަށް އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީންވެސް ބަލަން ޖެހޭނެ ކަމަަށްވެސް ހަސަން ލަފީތު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު