އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް 1000 ޓެސްޓު ކިޓު ހަދިޔާކޮށްފިއެވެ.
އޭއީއެޗުން ބުނީ، 1000 ޓެސްޓު ކިޓުގެ އިތުރުން ކޮވިޑާ ގުޅިގެން ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ ފޭޝް ޝީލްޑާއި ޕީޕީއީ ފަދަ ތަކެތި އެ ހޮސްޕިޓަލަށް ހަދިޔާކޮށްފައި ވަނީ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ އައްޑޫ ބަޔަކު އިސްނަގައިގެން ކަމަށެވެ.
އެ ތަކެއްޗާއި އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން ހަވާލުވީ އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހެވެ.
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާ އިރު އެ ރަށުން ކޮންމެ ދުވަހަކުވެސް ބަލި ޖެހިފައިވާ މީހުން ފެންނަތާ މަހެއްހާ ދުވަސް ވެއްޖެއެވެ. އެގޮތުން މިހާތަނަށް ޓެސްޓް ކުރި 4064 ސާމްޕަލް އިން 277 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަދި އެ ސިޓީގައި މިހާރުވެސް އެކްޓިވް ކޭސްގެ ގޮތުގައި 174 މީހަކު ތިބި އިރު އެޑްމިޑް ކޮށްގެން އެކަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެ ބަލީގައި އައްޑޫގައި ދެ މީހަކު ވަނީ މި މަހުގެ ތެރޭގައި މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު