ފޭސްބުކާއި އިންސްޓަގްރާމުގައި ލައިކް ދޭ މީހުންނާއި އަދަދު ނުފެންނަ ގޮތަށް ހެދުމުގެ އިހުތިހާރު ދީފި އެވެ.
ފޭސްބުކް އިން ބުނީ އެމީހެއްގެ އަމިއްލަ ޕޯސްޓުތަކަށާއި އެހެން މީހުންގެ ޕޯސްޓުތަކުގެވެސް ލައިކްސް އެމީހަކު އެނގެން ބޭނުން ނުވާ ނަމަ ފޮރުވައިލެވިދާނެވެ.
އެކުންފުނީން އިތުރަށް ބުނެފައިވާ ގޮތުގައި އިންސްޓަގުރާމުގައި ލައިކް ފޮރުވޭ ގޮތަށް ޓެސްޓުކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ލައިކް ކައުންޓު ފޮރުވައިގެން މީހުން ދެކޭ ގޮތް ބަލައިލެވުނު ކަމަށާއި، އެގޮތުން ގިނަ މީހުންނަށް ލައިކް ދޭ އަދަދު ނުފެންނާތީ މާ ފަސޭހަ ކަމަށް ބުނެފައި ވާއިރު، ބައެއް މީހުންނަށް ސޯޝަލް މީޑިއާގައި ޓްރެންޑު ވާ ކަންކަން ބަލައި ހޯދުމަށް ލައިކުގެ އަދަދު ފެންނަން ނެތުމުން އުނދަގޫވާ ކަން ފާހަގަކޮށްފައިވާތީ ފެނުމާއި ނުފެނުމުގެ އިހުތިޔާރު ދޭ ގޮތަށް ނިންމާފައި ވާނެ ކަމަށް އިންސްޓަގުރާމުން ދީފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.
ފޭސްބުކް އާއި އިންސްޓަގްރާމުން އަންނަނީ މީހުންނަށް ފައިދާ ހުރި ގޮތަށް ބޭނުންކުރެވޭނެ ގޮތްތައް ބަލަމުން ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މިހާރުވެސް ޕޯސްޓުތަކާއި މެސެޖުތައް އަދި ނިއުސްފީޑުތައް ފިލްޓާ ކުރުމުގެ އިހުތިޔާރާއި ކޮންޓްރޯލް ދިނުމުގެ ގޮތުން ފީޑް ފިލްޓާ ބާ، ފޭވަރިޓް ފީޑުތައް އަދި ކޮމެންޓުކުރުމުގެ އިހުތިޔާރު އެމީހަކު ބޭނުންވާ މީހުންނަށް އެކަނި ދެވޭނެ ފީޗާތައް ވެސް ހިމަނާފައިވާ ކަމުގައި އެފަރާތުން ވަނީ ބުނެފައެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ޕޯސްޓުތަކުން ފެންނަ ލައިކުތައް ފޮރުވައިލުމުގެ އިހުތިޔާރާއި އަމިއްލަ ޕޯސްޓުތަކަށް މީހުންދޭ ލައިކްގެ އަދަދުތައް ފޮރުވުމުގެ އިހުތިޔާރު މިވަނީ ދީފައެވެ. އިންސްޓަގުރާމުން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން ލައިކު ލިބޭނެ އަދި ނުލިބޭނެ އަދަދާއި ދޭތެރޭ ނުވިސްނައި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރުމަށް އެމީހަކަށް ސަމާލުކަން ދެވޭނެއެވެ. އަދި ޕޯސްޓެއް ޝެއާ ކުރުމުގެ ކުރިން ''ހައިޑް ލައިކް ކައުންޓްސް'' ހިޔާރު ކުރެވޭނެ ކަމަށާއި، ސެޓިންގުން އޮން އޯފް ބޭނުން ކޮންމެ އިރެއްގައި ހިޔާރުކުރުމުގެ އިހުތިޔާރު ލިބިގެންވާކަމުގައި ވަނީ ބުނެފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް