ފްރޮންޓްލައިން އެލަވަންސް ލަސްވަނީ ފިނޭންސްގެ މައްސަލައަކުން ނޫން ކަމަށާއި ފިނޭންސަށް ލިބޭތާ ހަފުތާއެއް ތެރޭ ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ފްރަންޓްލައިން އެލަވަންސް ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށާއި އެ ލަސްތައް ވަނީ ޑޮކިއުމަންޓް ބެލެހެއްޓުމުގައި ލަސްތަކެއް އުޅޭތީ ކަމަށެވެ،
"ފްރަންޓްލައިން އެލަވަންސް ދިނުމުގައި އެބައުޅޭ ލަސްތަކެއް، އެ ލަސްތައް އުޅެނީ ލޮގްތައް ބެލެހެއްޓުމާއި ޑޮއުމެންޓޭޝަން ބެލެހެއްޓުމުގައި އުޅޭ ލަސްތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޑޮއުމަންޓްތައް ފުރިހަމަކުރުމަށް ފަހު ފިނޭންސް މިނިސްޓްރީއަށް ޑޮކިއުމަންޓް އަންނަތާ އެއް ދުވަސްތެރޭގައި އެލަވަންސް ކްލިއާ ކުރުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިހާތަނަށް 22،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސް ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު