ފެންނަމުން މިދަނީ ޕެންޑަމިކްގެ ކުރީން އޮތް ހާލަތަށް ރާއްޖޭގެ އިގުތިސޯދު ރުޖޫއަވަަމުން އަންނަ ތަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ބޯޑަރު ބަންދުކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވެ، ދައުލަތުގެ އާމްދަނީ ދަށްވި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ފެންނަމުންދަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިގުތިސޯދު އަލުން ރުޖޫއަވަމުން އަންނަ މަންޒަރު ކަމަށާއި ފަތުރުވެރިކަންވެސް ކުރިއަރަމުން އަންނަ މަންޒަރު ކަމަށެވެ.
"ރާއްޖޭގެ އިގުތިސޯދު ފާހަގަވެގެން މިދަނީ ޕެންޑެމިކްގެ ކުރީގައި 2019 ވަނަ އަހަރުގެ އިގުތިސޯދަށް ރުޖޫއަވަމުންދާތަން. ރާއްޖެއަކީ އަޅުގަނޑު ފާހަގަކޮށްލާނަން ސިމިލާ ކަރެކްޓެރިސްޓިކްސް ހުރި ގައުމުތަކަށް ބަލާއިރު އެންމެ އަވަހަށް ބައުންސްވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ އެކި ޖަމިއްޔާ ޖަމާއަތްތަކުން ފާހަގަކުރޭ. އިގުތިސޯދީ ކުރިއެރުން އެންމެ ރަނގަޅު އެއް ގައުމުކަމަށްވެސް އެބަ ފާހަގަ ކުރޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، ކޮވިޑްގެ ހާލަތުން އަދިވެސް މިންޖުވެފައި ނުވާތީ އިގުތިސޯދު ހިފެހެއްޓުމަށް އިތުރު އެހީތަކެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް އެހީތައް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ދަރަންޏާ ކޭޝް ފްލޯ މެނޭޖުކުރުމަށް އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ އިގުތިސޯދު މިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ހާލަތަށް ވުރެ ރަނގަޅުވެފައި." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަންވެސް ކުރިއަރަމުން އަންނަ ކަމަށާއި އެގޮތުން އަންނަ އަހަރުގެ ކުރީކޮޅުގައި ފަތުރުވެރިކަން ކުރިން 2019 ވަނަ އަހަރު އޮތް ހާލަތަށް އަލުން ރުޖޫއަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު