ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް މިރޭ ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމަނިކުފާނު މިވަގުތު ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ނައިބު ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމަށް ކޮވިޑް ޖެހިފައިވާ އިރު، އެމަނިކުފާނު ހުންނެވީ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިގެންނެވެ.