މާލޭގައި އަންހެނަކު ރަހީނުކޮށްގެން އޭނާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިރޭ ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު 28، ގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނީ އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މާލޭގެ މަގެއްގެ މަތިން މިދިޔަ މަހުގެ 16 ދުވަހުގެ ރޭ ދިޔަ އަންހެނަކު ޖަހައިގަނެގެން ގެންގޮސް ހަނި ގޯޅިއަކަށް ވައްދައި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކުށުގެ ވެށިން ވިޝާމް އާއި ރަޝީދު ހައްޔަރުކުރި އިރު އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އެމީހުން ވަނީ މިދިޔަ ހަފުތާގައި ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު