ލިވަޕޫލަށް ކުޅުމުން އަންނަ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޖީނީ ވައިނާލްޑަމް ބާސެލޯނާއަށް ދިއުމަށް އެއްބަސްވެއްޖެއެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓު ކޮށްފައިވާ ގޮތުގައި ވައިނާލްޑަމް ބާސާއަށް ދިއުމަށް އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރަސްމީކޮށް ބާސާއާއެކު ވައިނާލްޑަމް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ފަބްރީޒިއޯ ރިޕޯޓް ކޮށްފައިވެއެވެ. ވައިނާލްޑަމް ލިވަޕޫލް ދޫކޮށް ބާސާއާ ގުޅޭނީ 2024 ވަނަ އަހަރާ ހަމައަށް ސޮއިކުރެވޭނެ އެއްބަސްވުމެއްގައެވެ.
ލިވަޕޫލާއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ހަމަވެފައިވާ އިރު، އެ އެއްބަސްވުން އާ ނުކުރާނެކަން ވައިނާލްޑަމް ވަނީ ކުރިން އިއުލާން ކޮށްފައެވެ. ފްރީ އެޖެންޓެއްގެ ގޮތުގައި އެ ކްލަބު ދޫކޮށްލަން ވައިނާލްޑަމް ނިންމުމާއެކު އޭނާ ގެންދަން އެންމެ މަސައްކަތް ކުރީ ބާސާއާއި ބަޔާން މިއުނިކުންނެވެ.
ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗަށްފަހު ވައިނާލްޑަމްއަށް ވަނީ ހާއްސަ އަލްވަދާއެއް ދީފައެވެ. އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ތަށި ހޯދައި، 30 އަހަރަށްފަހު ލީގުވެސް ކާމިޔާބުކުރި ވައިނާލްޑަމް ކްލަބު ދޫކޮށްލުން ވެގެންދިޔައީ ކޯޗު ޔާގަން ކްލޮޕަށްވެސް އަސަރުކުރިވި ނިންމުމަކަށެވެ. ކްލޮޕް ބުނެފައި ވަނީ ގެއްލިގެން ދިޔައީ ކްލަބުގެ މައި ތަނބު ކަމަށާއި ވައިނާލްޑަމްއަކީ އެކުވެރި ހިތްހެޔޮ ރަހުމަތްތެރިއެއްގެ އިތުރުން މުޅި ލިވަޕޫލް އެ ކުޅުންތެރިއަކަށް ބަރޯސާވާ ކުޅުންތެރިއެއް ކަމަށެވެ.
ވައިނާލްޑަމް އަކީ އެކުޅުންތެރިއެއް ވަށައިގެން ލިވަޕޫލްގެ ކުޅުން ބިނާ ކޮށްފައިވާ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައި ކްލޮޕް ސިފަކޮށްފައިވާ އިރު، އެއްބަސްވުން ހަމަވުމާއެކު ކްލޮޕް ވަނީ ވައިނާލްޑަމް ކްލަބުގައި މަޑުކުރުވަން މަސައްކަތްވެސް ކޮށްފައެވެ. އެހެންނަމަވެސް ވައިނާލްޑަމް ވަނީ މާކުރިން މި ސީޒަނަށްފަހު އިނގިރޭސި ފުޓުބޯޅަ ދޫކޮށްލަން ނިންމައިފައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް