ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އޮންލައިން ކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.
ހެނދުނު 10:00 ގައި ފަށަން އޮތް ޖަލްސާ އޮންލައިންކޮށް ފެށީ 10:15 ވާން އުޅެނިކޮށެވެ.
ޖަލްސާ ފެއްޓެވުމަށްފަހު ރިޔާސަތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، އޮންލައިން ކޮށް ޖަލްސާތައް ފެށުމާ ގުޅިގެން، މަޖިލީހުގެ މަސއްކަތްތަކުގެ ތެރެއިން ވޯޓާ ހަމައަށްދާ ކަންތައްތަކަށް ވޯޓަށް އެހުން ކޮންމެ ބުދަ ދުވަހެއްގެ 12:00 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެދުވަހުން އެދުވަހަށް ކޮންމެހެން ނިންމަން ޖެހޭ ކަމެއް އޮތް ނަމަ އެދުވަހެއްގައި އެ ކަމަކަށް ވޯޓަށް އައްސަވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާތީ މިއަދުން ފެއިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ވަނީ ނިންމައިފައެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލިސް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފަވެއެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ވެގެން ގޮސްފައި ވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޖަލްސާތައް ބާއްވަން ފެށި މަޖިލީހަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް