މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ކާޑު އަންނަ ޖުލައި މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވާ ލައިސެންސް ކާޑު ޖުލައި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ބެނުން ކުރެވޭނެ ކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮވިޑުގެ ހަލަތު ގޯސްވެ ބަަލި ޖެހޭ މިހުންގެ އަދަދު އިތުރުވެ މާލެ ވަނީ "ފުރަބަންދު" ކޮށްފަ އެވެ. އެގޮތުން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފަ އެވެ. އަދި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ގެއިން ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު ބޭރަށް ނިކުމެވޭނީ ހަމައެކަނި ފާސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު