ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެ ކައިރީ ވަށައިގެންވާ ކާނުތައް މަދު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގޭގެ ވަށައިގެންވާ މަގުތަކުގެ ކާނުތައް މަދުކުރުމަށް އެމްއެންޑީއެފުން އެދުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އެމަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ނަމަވެސް އެކަމުގެ ތަފުސީލެއް ނަރީޝް ނުދެއްވައެވެ. އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުންވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.
މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. އަދި މާލެ އާއި އަތޮޅު ތެރޭގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާ އިރު، ލިބުނު މައުލޫމާތަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ވަނީ މަތިކޮށްފައެވެ.
އޭގެ އިތުރުން ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު