ބިލްބޯޑް މިޔުޒިކު އެވޯޑުން ބީޓީއެސް ގިނަ އެވޯޑުތަކެއް ހާސިލުކޮށްފިއެވެ.
ބިލްބޯޑު މިޔުޒިކު އެވޯޑުން ބީޓީއެސް ވާދަކުރި ހަތަރު ކެޓެގަރީންވެސް އެބޭންޑުން ވަނީ އެވޯޑުތައް ކާމިޔާބުކޮށްފައެވެ.
ބީޓީއެސް އިން އެންމެ ފުރަތަމަ ބިލްބޯޑް މިޔުޒިކު އެވޯޑެއް ހާސިލުކުރުމާ އެންމެ ގާތަށް ގޮސްފައިވަނީ 2017 ވަނަ އަހަރު ފޭނުން ހޮވާ ޓޮޕް ސޯޝަލް އާޓިސްޓް އެވޯޑަށް ވާދަ ކޮށްގެންނެވެ. އެއަށްފަހު ބީޓީއެސް އިން މިހޯދި ކާމިޔާބީތަކުގައި އެ އެވޯޑު ހާސިލު ކުރުމުގެ އިތުރުން، މޯސްޓް ސެލިންގް ސޯންގް، ޓޮޕް ޑުއޯ/ގްރޫޕް، ޓޮޕް ސޯންގް ސޭލްސް އާޓިސްޓް ހިމެނެއެވެ.
ބީޓީއެސް އިން 2019 ވަނަ އަހަރު ޓޮޕް ޑުއޯ/ގްރޫޕް ގެ އެވޯޑު އެންމެ ފުރަތަމަ ހާސިލު ކޮށް މެދުކެނޑުމަކަށްފަހު އަނެއްކާވެސް މިވަނީ އެ އެވޯޑު ކާމިޔާބުކޮށްފައެވެ.
ބީޓީއެސް އިން ޓޮޕް ސޭލްސް އާޓިސްޓް އެވޯޑު ހާސިލު ކޮށްފައި މިވަނީ ޖަސްޓިން ބީބާ، ވީކެންޑު ފަދަ ފާހަގަ ކޮށްލެވޭ އެތައް ބަޔަކު ފަހަތަށް ޖައްސާލުމަށްފަހުގައެވެ.
ޖެހިޖެހިގެން ފަސް ވަނަ އަހަރު ޓޮޕް ސޯޝަލް އާޓިސްޓް އެވޯޑު ބީޓީއެސްއިން ހާސިލު ކޮށްފައި ވާއިރު ވާދަވެރި ކޭޕޮޕް ބޭންޑު ބްލެކްޕިންކާއި ސެވެންޓީން، އާރިއާނާ ގްރާންޑޭ އަދި ފިލިޕީނަށް ނިސްބަތްވާ ބޯއި ބޭންޑު އެސްބީ19 ވަނީ ބީޓީއެސްއާ ވާދަކޮށް ނާކާމިޔާބު ވެފަ އެވެ.
މިހަފުލާ ބާއްވާފައިވަނީ ލޮސް އެންޖެލިސްގެ މައިކްރޮސޮފްޓް ތިއޭޓަރުގައި ކަމަށް ވީނަމަވެސް، ބީޓީއެސް ބައިވެރިވެފައިވަނީ ސައުތުކޮރެއާއިންނެވެ.
ޓޮޕް ސެލިންގް ސޯންގުގެ އެވޯޑު ލިބިފައިވާ އެ ބޭންޑުގެ ''ޑައިނަމައިޓް'' ލަވައަކީ މިދިޔަ އަހަރު އޯގަސްޓުގައި ނެރުނު ބޭންޑުގެ ފުރަތަމަ އިނގެރޭސި ލަވައެވެ. ލަވަ ރިލީސް ކުރުމާއެކު އެ ލަވަ ވެގެން ގޮސްފައިވަނީ ބިލްބޯޑުގެ ސިންގަލްސް ޗާޓުގެ އެއްވަނައިގައި ވާދަކުރި ފުރަތަމަ ކޮރެއާ ލަވައަށެވެ. އަދި މިލަވަ މިއަހަރު ބޭއްވި ގްރެމީ އެވޯޑަށްވެސް ވަނީ ވާދަކޮށްފައެވެ.
ބީޓީއެސްއަށް މިލިބުނު ކާމިޔާބީގައި ބީޓީއެސް އާމީ އަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ބީޓީއެސް އިން ވަނީ އެ ބޭންޑުގެ އެންމެ ފަހުގެ ލަވަ ''ބަޓާ'' ބިލްބޯޑްސް މިޔުޒިކު އެވޯޑު ބީބީއެމްއޭ ހަފުލާގައި ދައްކާލާފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން