އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ފަލަސްތީނަށް އެހީތެރިވުމަށް ދިވެހި ޒުވާނުންތަކެއް އިސްވެ އުފެއްދި ފޭސްބުކް ގްރޫޕް "މޯލްޑިވްސް ވިތު ފަލަސްތީން" ފޭސްބުކުން ބޭރުކޮށްލައިފި އެވެ.
ފޭސްބުކުން އެ ގްރޫޕް އިއްޔެ ބޭރުކޮށްލިއިރު، އެ ގްރޫޕްގެ މެންބަރުންގެ ގޮތުގައި 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިއްބެވެ.
"މޯލްޑިވްސް ވިތު ފަލަސްތީން" ފޭސްބުކް ގްރޫގައި އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި ބާއްވާ ހަރަކާތްތަކުގެ ފޮޓޯއާ ވީޑިއޯ ލިބެން ހުއްޓެވެ.
އިޒުރޭލާ ދެކޮޅަށް އަޑުއުފުލާ މީހުންނާއި ޕޭޖުތަކާއި އަދި ގްރޫޕްތައް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތަކުން ދަނީ ހުއްޓުވަމުންނެވެ. އޭގެ ތެރޭގައި ޓުވިޓާއާއި ފޭސްބުކް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު