ކޮވިޑް 19އަށް ޕޮޒިޓިވް ވެ ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ނިޔާވެއްޖެއެވެ.

ޒަނީން ނިޔާވެފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވެގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހަވީރު 16:15 ގައެވެ.

ޒަނީން ނިޔާވި އިރު، އުމުރަކީ 59 އަހަރެވެ.

ޒަނީނަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގާނޫނީ ޓީމުގެ މެންބަރެއްވެސް މެއެވެ. ޒަނީން ނިޔާވުމާ ގުޅިގެން އެ ކޯލިޝަނުން ވަނީ ޒަނީންގެ އާއިލާއަށް ރައީސް ޔާމީނާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުންގެ ނަމުގައި ތައުޒިޔާ ފޮނުވައިފައެވެ.

ޒަނީން ވަނީ 2019 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށްވެސް ކުރިމަތިލައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ހުސައިން ޝަމީމަށެވެ.

ޒަނީންގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 122 އަށް އަރާފައެވެ.